English Edition
Dhivehi Edition

އެފްރިކާގެ ސްޓޭޓެއް ކަމަށްވާ މަލި އަށް އުފަން ހަލީމާ ނަމަކަށްކިޔާ އަންހެނަކު އެއްފަހަރާ 9 ކުދިން ވިހައި ދުނިޔޭގެ ރެކޯޑް ފޮތުން ޖާގަހޯދައިފިއެވެ.

އުމުރުން 26 އަހަރުގެ ހަލީމާ މިކުދިން ވިހާފައިވަނީ މިއަހަރު މޭއި މަހު 5ވަނަ ދުވަހު މޮރޮކޯގެ ހޮސްޕިޓަލަކަށެވެ.

ހަލީމާ އާއި ފިރިމީހާ އެދެމީހުންގެ ކުދިން ވިއްސި ޓީމްގެ ބައެއް މެމްބަރުންނާއެކު

ހަލީމާ ވިހެއުމަށްފަހު މީޑިއާ ތަކަށް މައުލޫމާތު ދެމުން ބުނެފައިވަނީ، އޭނާ ބަލިވެއިން އިރު މެޑިކަލް ޗެކަޕްތަކުން ދައްކާފައިވަނީ ބަނޑުގައި 7 ކުދިން އޮތް ކަމަށާއި ނަމަވެސް ވިހާ ދުވަސް ޖެހިގެން ސިޒޭރިއަން ހެދި އިރު ނުވަކުދިން ބަނޑުން ނަގާފައިވާ ވާހަކަ ޑޮކްޓަރު އޭނާގާތު އެވަގުތު ބުނުމުން ވަރަށް ހައިރާންވިކަމަށެވެ. ހަލީމާ ބުނީ އެވަގުތު ކޮވިޑްއާހެދި ފިރިމީހާ އަށް މޮރޮކޯއަށް ނާދެވުމުން ކުދިން ވިހޭއިރު ކައިރީގައި ހުރީ އޭނަގެ ދައްތަ އެއްކަމަށެވެ. އަދި ލިބުނީ ނުވަ ކުދިން ކަމަށް ބުނުމުން ފިރިމީހާ އަށްވެސް ލިބުނީ ބޮޑު ހައިރާން ކަމެއް ކަމަށް ހަލީމާ ބުންޏެވެ.

ހަލީމާ ވިހެއި ކުދިންގެ ބަރުދަނުގައި ހުރީ 500ގ އާއީ 1ކިލޯ އެވެ. އެކުދިން ވިހެއުމަށްފަހު ފަރުވާ އަށް އިނކިއުބޭޓާ އަށްލައި ހޮސްޕިޓަލުން ވަރަށް ރަނގަޅަށް ފަރުވާދީފައިވާ ކަމަށާއި ހުރިހައި ކުދިން ސަލާމަތް ވިކަމަށް ހަލީމާ ބުނެއެވެ. ހަލީމާ 9 ކުދިން ވިހެއުމަށްފަހު އޭނަގެ ސިއްހާތާބެހޭ ގޮތުން ބުނީ ވިހެއުމުގެ ތެރޭގައި ވަރަށްގިނައިން ލޭހުސްވުމުން ވަރަށް ހާލުދެރަވި ކަމަށެވެ. އަދިވެސް އޭނާގެ ސިއްހަތު އެހާ ރަނގަޅު ނޫންކަމަށް އޭނާ ބުނެއެވެ. އެހެން ނަމަވެސް މަޑުމަޑުން ގައިގައި ވަރުޖެހެމުން އަންނަ ކަމަށާއި އެހާގިނަ ކުދިން ދެއްވީތި އަދި އޭނާ ސަލާމަތުން ހުރީތީ އޭނާބުނީ ﷲއަށް ޝުކުރުވެރިވާ ކަމަށެވެ.

ހަލީމާގެ 9ކުދިންނަށް ދުވަހަކަށް 6ލީޓަރު ފޯރމިއުލާ ކިރު ދެގަޑިން ދެގަޑިން ދެއެވެ. އަދި ދުވަހަކަށް 100 ނެޕީ ބޭނުން ވެއެވެ. ހަލީމާގެ ކުދިންގެ ހޮސްޕިޓަލް ހަރަދަށް 1މިލިއަން ޕައުންޑް އަރާފައިވާ އިރު އެފައިސާ ސަރުކަރުން ދައްކާފައިވާ ކަމަށް ހަލީމާ ބުނެއެވެ. ހަލީމާގެ ދެމަފިރިންނަށް ލިބިފައިވަނީ ފަސްއަންހެން ކުދިންނާއި ހަތަރު ފިރިހެން ކުދިންނެވެ.

މީގެކުރިން އެއްފަހަރާ ގިނަކުދިން ވިހައި ދުނިޔޭގެ ރެކޯޑް ފޮތުން ޖާގަހޯދާފައިވަނީ ނަދީޔާ ސުލެމަން ނަމަކަށް ކިޔާ އަންހެނެކެވެ. އޭނާ ވިހާފައިވަނީ 8 ކުދިންނެވެ.

https://www.dailymail.co.uk/news/article-9831215/Woman-26-gave-birth-NONUPLETS-Moroccan-hospital-gets-100-nappies-day.html#v-2879851837674768370