English Edition
Dhivehi Edition

ލަންޑަންގައި ދިރިއުޅޭ ޔޫޓިއުބާ އެއްކަމަށްވާ މެކްސް ސްޓެންޑްފޯޑް 24 މިނެޓްތެރޭގައި 50 ޗޮކްލެޓް ބިސްކައިގެން ޗެލެންޖެއް ކޮށްފިއެވެ.

އޭނާ ބުނިގޮތުގައި އޭނަ މިޗެލެންޖް ކުރީ މިގޮތަށް ކާއެއްޗިހި ކާއެހެން ޔޫޓިއުބާ އަކާވާދަ ކުރުމަށެވެ. އެހެން ނަމަވެސް އެއީ ކޮން ފަރާތެއް ކަން އޭނާ ހާމަކޮށްފައި ނުވެއެވެ.

މެކްސް އަކީ ޔޫޓިއުބްގައި އެކި ކަހަކަލަ ކާއެއްޗިހި ކާމަންޒަރު ފޭނުންނާ ހިއްސާ ކުރަމުން މަޝްހޫރު ކަން ހޯދާފައިވާ ފަރާތެކެވެ. މެކްސް ޗޮކްލެޓްކަމުން ދިޔަ ވީޑިއޯ 6ހާސްމީހުން ބަލާފައި ވެއެވެ. މެކްސް ވީޑިއޯތައް ގެނެސްދެނީ “މެކްސް ވީ.އެސް ފުޑް” ގެ ނަމުގައެވެ. މެކްސް ކާންބޭނުން ކުރި 50 ޗޮކްލެޓްބިހުގެ ބަރުދަނަކީ 2ކިލޯއެވެ. އަދި އޭގެ މުޅި އެކު ކެލޮރީސް އަކީ 8850 އެވެ.

މިއީ ކާއެއްޗެއް ކައިގެން މެކްސް މީހަކާ ޗެލެންގް ކުރި ފުރަތަމަ ފަހަރެއް ނޫނެވެ. 2020 ވަނަ އަހަރު ސެޕްޓެމްބަރ މަހު މްކްސްވަނީ 141 އެއް ޗޮކްލެޓް ބިސްކޯދު ފަސްމިނެޓް ތެރޭގައި ކާލައިގެން ދުނިޔޭގެ ރިކޯޑް ފޮތުން ޖާގަ ހޯދާފައެވެ.