English Edition
Dhivehi Edition

ސޮނީ ޓީވީގެ ސިލްސިލާ “ކުޗް ރަންގް ޕިޔާރު ކޭ އޭސޭ ބީ” ގެ ތިން ވަނަ ސީޒަނަށް ބޮޑު ތަރުހީބެއް ލިބެމުން އަންނައިރު މިހާރު ޓީއާރްޕީގެ އެންމެ ކުރީގައި އޮތީ މި ޑްރާމާއެވެ.

ކުރިން ވެސް ސިލްސިލާގައި މައިގަނޑު ރޯލުތައް ކުޅުނު ތަރިންނާ އެކު މި ފަހަރުގެ ސީޒަންވެސް މި ޖުލައި މަހުގެ 12 ވަނަ ދުވަހު ދައްކަން ފަށާފައިވާއިރު އެރިކާ ފެނަންޑޭޒާއި އާއި ޝަހީރު ޝައިހްގެ ޖޯޑާއި މެދު ބެލުންތެރިން ތިބީ ހިތްހަމަޖެހިފައެވެ،

ގިނަ ބަޔަކު ގަބޫލުކުރާ ގޮތުން މި ޑްރާމާ އަށް ގިނަ ބައެއްގެ ބޮޑު ތަރުހީބެއް ލިބެމުން އަންނަ މައިގަނޑު ސަބަބަކީ މުޖްތަމައުގެ އެކި މައްސަލަތަކަށް އަލިއަޅުވާލާފައިވާ ފުރިހަމަކަމާ، ޑްރާމާގައި އާއިލީ ގުޅުމާއި، އާއިލާއަށްޓަކައި ދެމަފިރިންވާ ގުރުބާނީ ވަރަށް ފުރިހަމައަށް ގެނެސްދީފައިވުމުންނެވެ.

މި ޑްރާމާގައި އެރިކާ ކުޅެމުން އަންނަ ސޮނާކްޝީގެ ރޯލާއި ބެހޭ ގޮތުން ވާހަކަދައްކަމުން އޭނާ ބުނީ ސޮނާކްޝީގެ ކެރެކްޓާއަކީ ހިތާ ވަރަށް ގާތް ގުޅުމެއް އޮތް ކެރެކްޓާއެއްކަމަށާއި ޝޯގައި އެ ކެރެކްޓާ އަށް އަންނަ ބަދަލުތައް ޚުދް އޭނާއަށް ވެސް އަންނަކަމުގެ އިހްސާސް ކުރެވޭކަމަށެވެ. އެރިކާގެ އިތުރުން ޝަހީރް ބުނީ ޝޯގައި ކުޅޭ ދޭވްގެ ކެރެކްޓާއަށް ވަރަށް ގިނަ ބައެއްގެ ލޯތްބާއި މަގްބޫލުކަން ލިބިފައިވާ ކަމަށެވެ.

ބެލުންތެރިންގެ ވަރަށް ބޮޑު ތަރުހީބެއް ލިބުނު މި ޑްރާމާ އަކީ ސޮނީން 2016-2017 އަށް ގެނެސްދިން ސިލްސިލާއެކެވެ. އެގޮތުން ދެ ސީޒަނަކަށް 414 އެޕިސޯޑް ގެނެސްދީފައިވާއިރު މި ފަހަރުގެ ސީޒަންއަށްވެސް ބޮޑު ތަރުހީބެއް ލިބިގެންދާނެކަމަށް ބެލެވެއެވެ.