English Edition
Dhivehi Edition

މަޝްހޫރު ޓީވީ ތަރި ޝަހީރް ޝެއިހް، ލޯބިވެރިޔާ ރުޗިކާ ކަޕޫރް އާއި ކައިވެނިކޮށްފިއެވެ.

ދާދި ފަހުން ސްޓާ ޕްލަސް އިން ނިންމައިލި ޓީވީ ސިލްސިލާ “ޔޭ ރިޝްތޭ ހޭ ޕިޔާރު ކޭ” ގެ ބަތަލް ޝަހީރްގެ ކައިވެންޏާއި އެކު ގިނަ ބަޔަކަށް ބޮޑު ހައިރާންކަމަށް ލިބިގެން ދިޔައިރު، ރުޗިކާ އާއި ޝަހީރް ކައިވެނިކޮށްފައިވަނީ ކޯޓުގައެވެ، ކޮވިޑް19 ގެ ސަބަބުން ޝަހީރް ކޯޓުގައި ކައިވެނިކުރިނަމަވެސް 2021 ވަނަ އަހަރު ޖޫން މަހުގައި ކައިވެނީގެ ހައްސަ ރަސްމިއްޔާތު ބޭއްވުމަށް އޭނާ ވަނި ނިންމާފައެވެ. ބޭރުގެ މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން ކޯޓުގައި ކައިވެނި ކުރުމަށްފަހު ޝަހީރް އާއި ރުޗިކާ ޝަހީރްގެ އަމިއްލަ ރަށް ޖައްމޫއަށް ގޮސް އިސްލާމުން ކައިވެނިކުރާ ގޮތަށް ނިކާހް ސެރެމަނީ އެއް ބާއްވާފައިވާއިރު މުމްބައި އަށް އެނބުރި އައިސް ރުޗިކާގެ ގޭގައި ވެސް ކުޑަ ރަސްމިއްޔާތެއް ވަނީ ބާއްވާފައެވެ.

Shaheer Sheikh and Ruchikaa Kapoor Get Married in Court, Supriya Pilgaonkar Attends

ރުޗިކާ އަކީ މަޝްހޫރު ޕްރޮޑިއުސަރު އެކްތާ ކަޕޫރްގެ ބާލާޖީ މޯޝަން ޕިކްޗާޒްގެ އެކްޒެކެޓިވް ވައިސް ޕްރެޒިޑެންޓްގެ އިތުރުން ކްރިއޭޓިވް ޕްރޮޑިއުސަރެއްގެ ގޮތުގައި މަސައްކަތްކުރަމުން އަންނަ ފަރާތެކެވެ. ޝަހީރް ކުޅެފައިވާ ގިނަ ސިލްްސިލާތަކުގައިވެސް ކްރިއޭޓިވް ޕްރޮޑިއުސަރެއްގެ ގޮތުގައި މަސައްކަތްކޮށްފައިވާ ރުޗިކާ އާއި ޝަހީރް ލޯބީގެ ގޮތުން ގުޅިގެން އުޅޭތާ ވަނީ ގިނަ ދުވަސްތަކެއްވެފައިވާއިރު މި ދެމީހުން ބައްދަލުވީ “މެންޓަލް ހޭ ކިޔާ”ގެ ސެޓުންނެވެ.މި ކައިވެނީގެ އުފަލުގައި ޝަހީރް އާއި ރުޗިކާ އެކުގައި ނަގާފައިވާ ފޮޓޯއެއް ހިއްސާކޮށް މި ދެ ފަރާތަކަށް އެކްތާ ކަޕޫރް މަރްހަބާ ކިޔާފައިވާއިރު އެކްތާގެ މި ޕޯސްޓަށް ގިނަ ބަޔަކުވަނީ ކޮމެންޓްކޮށް، ޝަހީރްއަށް މަރުހަބާ ކިޔާފައެވެ.

ކުރިންވެސް ބެލުންތެރިންގެ މަގުބޫލުކަން ހޯދާފައިވާ ގިނަ ސިލްސިލާތަކެއްގައި ފެނިގެންދިޔަ ޝަހީރް އެންމެ ފުރަތަމަ ފެނިގެންދިޔައީ “ނަވްޔާ” އިންނެވެ. ޝަހީރް މިއަހަރު ފެނިގެން ދިޔައީ ސްޓާޕްލަސް އިން ދެއްވި ‘ޔޭ ރިޝްތޭ ހޭ ޕިޔާރްކީ’ އިންނެވެ. އެ ޑްރާމާގައި ޝަހީރް ފެނިގެންދިޔައީ އާއިލާ އާއި ދެކޮޅަށް ލޯތްބެއް ހާސިލްކޮށް އެ ލޯތްބަށްޓަކައި އާއިލާ ރުއްސުމަށް މަސައްކަތްކުރާ ޒުވާނެއްގެ ރޯލުންނެވެ.