English Edition
Dhivehi Edition

މިނިވަން ދުވަހާ ގުޅުވައިގެން ގއ.ނިލަންދޫގައި ކުރިޔަށް ގެންދާ ވޮލީ ޓޯނަމެންޓުގެ ފިރިހެން ޑިވިޒަންގެ ދެވަނަ މެޗުގައިވެސް މޭން އޮފް ދަ މެޗަކަށް ހޮވިފައިވަނީ ކަންޖީރާ ޓީމްގެ ޖާޒީ ނަންބަރ 10 އަލީ ހަމީދުއެވެ.

ދެޑިވިޒަނަށް ބަހާލައިގެން ކުރިޔަށް ގެންދާ މިޓޯނަމެންޓުގައި މިއަދު ހަވީރު ކުޅުނު ފިރިހެން ޑިވިޒަންގެ ދެވަނަ މެޗުގައި ވާދަކޮށްފައިވަނީ ޓީމް ކަންޖީރާ އަދި ޓީމް ބްރަދާސްއެވެ. މިމެޗް 3-1ން ކާމިޔާބުކޮށްފައިވަނީ ޓީމް ކަންޖީރާއެވެ. ފިރިހެން ޑިވިޒަންގެ ފުރަތަމަ މެޗުގައިވެސް ޓީމް ބޮން ބޮންއާ ވާދަކޮށް ކަންޖީރާ ވަނީ 3-1އަކުން ކުރިހޯދާފަައެވެ. މިމެޗުގަވެސް މޭން އޮފްދަ މެޗަކަށް ހޮވިފައިވަނީ ކަންޖީރާ ޓީމުގެ ޖާޒީ ނަންބަރ 10 އަލީ ހަމީދެވެ.

ހަމައެއާއެކު ރޭ 20:30ގައި ކުޅުނު އަންހެން ޑިވިޒަންގެ ފުރަތަމަ މެޗުގައި ޓީމް ނެޓް ނިންޖާސް އާ ވާދަކޮށް ޓީމް ޕްރިޓީ ހިޓާސް ވަނީ 1-3 އަކުން މެޗް ކާމިޔާބްކޮށްފައެވެ. މިމެޗުގެ ކުއީން އޮފް ދަ މެޗަކަށް ހޮވިފައިވަނީ ޓީމް ޕްރިޓީ ހިޓާސްގެ ޖާޒީ ނަންބަރ 10 އައިޝަތު އިބްރާހިމް އެވެ.

މިރޭ 20:30 ގައި ކުޅޭ އަންހެން ޑިވިޒަންގެ ދެވަނަ މެޗުގައި ބައްދަލުކުރާނީ ޓީމް ނެޓް ނިންޖާސް އާއި ޓީމް ގޯލްޑެން ސްޓާރސްއެވެ.

މިމުބާރާތުގެ މިހާތަނަށް ކުޅެވުނު ހުރިހާ މެޗަކަށް ބަލާލާއިރު ފާހަގަ ކުރެވޭ ދެކަމެއް އެބައޮތެވެ. އެގޮތުން ބަލާލާއިރު ހުރިހާ މެޗްތަކެއްގެ ސްކޯރ އަދި މޭން އޮފް ދަ މެޗް އާއި ކުއީން އޮފް ދަ މެޗް އަކަށް ހޮވިފައިވަނީ މޮޅުވާ ޓީމުގެ ޖާޒީ ނަންބަރ 10 އެވެ.