English Edition
Dhivehi Edition

ކުރީގެ ރައީސް އަބްދުﷲ ޔާމީން، މިނިވަން ނުވާހާ ހިނދަކު އެމަނިކުފާނަށް 2023 ގެ ރިޔާސީ އިންތިހާބުގައި ވާދަނުކުރެވޭ ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ

ރާއްޖެޓީވީގެ ޕްރޮގްރާމެއްގައި ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ކުރީގެ ރައީސް މައުމޫނު އަބްދުލް ގައްޔޫމް ވިދާޅުވީ ރައީސް ޔާމީނަކީ ކުށެއް ސާބިތުވެ ޖަލު ހުކުމެއް ތަންފީޒުކުރައްވަމުން ގެންދަވާ ބޭފުޅެއްކަމަށެވެ. އަދި މަނީލޯންޑަރިންގެ ކުށް ސާބިތުވެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ރައީސް ޔާމީންއަށް ހަމައެކަނި އިންތިހާބުގައި ވާދަކުރަން ޖަލުން މިނިވަން ކޮށްގެންވާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ކުރީގެ ރައީސް މައުމޫނު ވަނީ ވިދާޅުވެފައެވެ.

މީގެއިތުރުން ކުރީގެ ރައީސް މައުމޫނު ވިދާޅުވީ ރައީސް ޔާމީން މިނިވަންވެ ވަޑައިގެންނެވިޔަސް، ވާން ޖެހޭނީ ޝަރުއީ މަރުހަލާގެ ތެރެއިން އޮންނަ އުސޫލުގެ ތެރެއިންކަމަށެވެ.