English Edition
Dhivehi Edition

ގއ.ނިލަންދޫގައި އެކުވެރިކަމުގެ ވޮލީ ޓޯނަމެންޓެއް ފަށައިގެން ކުރިޔަށް ގެންދާކަމަށް އެރަށު ކައުންސިލުން ވިދާޅުވެއްޖެއެވެ.

ނިލަންދޫ ކައުންސިލް މެންބަރ ޒިޔާދު މުހައްމަދު އޭއޯ ނިއުސްއަށް މައުލޫމާތުދެއްވަމުން ވިދާޅުވީ މިޓޯނަމެންޓަކީ މިނިވަންދުވަހާ ގުޅިގެން ކައުންސިލުން އިސްނަގައިގެން ރަށުގެ ޒުވާނުންނަށް ހާއްސަކޮށްގެން ކުރިޔަށް ގެންދާ ޓޯނަމެންޓެއް ކަމަށާއި މިޓޯނަމެންޓުގެ ޗެމްޕިއަން ޓީމަށް ފައިސާގެ އިނާމެއް ހުށަހެޅިފައި ނެތްކަމުގައިވިޔަސް ޓްރޮފީއެއް ދެވޭނެކަމަށެވެ.

.މުބާރާތުގެ ކުޅުނު ފިރިހެން ޑިވިޝަނުގެ ފުރަތަމަ މެޗްގައި ބައްދަލުކުރީ ޓީމް ކަންޖީރާ އެސް.ސީ އާއި ޓީމް ބޮން ބޮންއެވެ. މިމެޗް 3-1 އަކުން ކާމިޔާބުކުރީ ޓީމް ކަންޖީރާއެވެ. މިމެޗުގެ މޭން އޮފް ދަ މެޗް އަކަށް ހޮވިފައިވަނީ ކަންޖީރާ ޓީމުގެ ޖާޒީ ނަންބަރ 10 އަލީ ހަމީދު (ގަޓު) އެވެ.

މިމުބާރާތުގެ އަންހެން ޑިވިޝަންގެ ފުރަތަމަ މެޗް މިރޭ 20:30ގައި ނިލަންދޫ “ކުޅިވަރު އެކުވެނި” ގައި ކުރިޔަށްދާނެކަމަށް ކައުންސިލުން މައުލޫމާތުދީފައިވެއެވެ.

ކޮވިޑް-19ގެ މިހާލަތުގައި ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު އެޗް.ޕީ.އޭގެ އިރުޝާދުގެ ދަށުން އަޟުހާ އީދާއި ދިމާކޮށް ރާއްޖޭގެ ހުރިހާ ރަށެއްގައި އީދުމިވަނީ ފާހަގަކޮށްފައެވެ. އެގޮތުން ނިލަންދޫގައިވެސް މިފަހަރު އީދުވަނީ ވަރަށް ކުލަގަދަކޮށް ފާހަގަކޮށްފައެވެ. ނިލަންދޫގައި ބޭއްވުނު އީދުގެ ހަރަކާތްތަކަށް ބަލާލާއިރު ފެންކުޅި، މާލި ނެށުން، ކޯޑި ކެޑުމުގެ އިތުރުން ދަފި ނެގުން އަދި އީދު ޝޯ ވެސް ބޭއްވުނެވެ.