English Edition
Dhivehi Edition

އައްޑޫ ސިޓީއަށް ނިސްބަތްވާ މީހުން ސިޔާސީ ގޮތުން ބަސް ބުނުމުން ފުރައްސާރަކުރުމަކީ ރޭވިގެން ހިނގާ އާންމުކަމެއް ކަމުގައި އައްޑޫ ސިޓީ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހީމް ޝަރީފު ވިދާޅުވެއްޖެއެވެ.

ޝަރީފް މިހެން ވިދާޅުވީ އިދިކޮޅު ފަރާތްތަކާއި ގުޅިގެން ސަރުކާރު ބަލިކަށިވާ ގޮތަށް އެމްޑީޕީގެ އެއްވެސް މެންބަރަކު އަމަލު ކުރުމަކީ ބަލައި ގަނެވޭނެ ކަމެއް ނޫން ކަމަށް އެމްޑީޕީއަށް ނިސްބަތްވާ ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ވިދާޅުވުމުން ޕާޓީގެ ތެރެއިން ކުރިމަތިކުރި ފާޑުކިޔުންތަކާއި ގުޅިގެންނެވެ، އަސްލަމްގެ ވާހަކަތަކަށް މާފަންނު އުތުރު ދާއިރާގެ އެމްޑީޕީގެ މެންބަރު އަދި މަޖިލީހުގެ ޖުޑިޝަރީ ކޮމެޓީގެ މުގައްރިރު އިމްތިޔާޒު ފަހުމީ ރައްދު ދެއްވާފައިވާއިރު ޝަރީފް ކުރެއްވި ޓުވިޓެއްގައި ވަނީ ވަރަށް ބޮޑަށް ހިތްހަމަނުޖެހުން ފާޅުކުރައްވާފައެވެ،

މި ގޮތުން ޝަރީފް ވިދާޅުވީ އައްޑޫ މީހުން ސިޔާސީ ގޮތުން ބަސް ބުނީ މާލެގެ އިއްޒަތްތެރިން އައްޑޫ މީހުންނަށް ‘ބުލީ’ ކުރުން މިހާރު ރޭވިގެން ހިންގާ އާންމުކަމަކަށް ވެއްޖެކަމަށެވެ. އަދި ޝަރީފްވަނީ މިކަން ހަރުކަށި އިބާރާތުން ކުށްވެރި ކުރައްވާފައެވެ.

2 ކޮމެންޓް
Tee
ޖުލައި 24, 2021
amalu kuvveri kuraa qaanooneh hedhee kon iraku kon baeh baa. qaanooneh nethi kuvveri kurevey nama e ee ves kuraa kushakah noonee nuvaane. noonee kuvveri nukureveyne
ޓީ
ޖުލައި 24, 2021
ހަރުކަށި އިބާރާތުން ކުއްވެރިކޮށް ޖަލައް ކޮއްޕާނުލީ ކީއްވެ. އައްޑޫ މީހުނަށް މަލާމަތް ކުރުން ކުއްވެރި ކޮށް ޖަލައްވެސް ލައިފިން.