English Edition
Dhivehi Edition
18 މާރިޗު 2020 ވަނަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމް ވާހަކަދައްކަވަނީ - ފޮޓޯ: މަޖިލިސް

އެމްޑީޕީން ހޯދަން ނިކުތް އެތި މިހާރު އެ ޕާޓީއަށްވެސް އޮޅިފައިވާކަމަށް އިިދިކޮޅު ޕީޕީއެމްގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ އެތެރޭގެ މަޝްރަހު ހޫނުވެ، ރައީސް އިބްރާހީމް މުހައްމަދު ސޯލިހް އާއި ރައީސް މުހައްމަދު ނަޝީދުގެ ހިޔާލު ތަފާތުވެ، ޕާޓީ ތެރޭގައި ދެ ފެކްޝަނެއް އުފެދިފައިވާ މި ދަނޑިވަޅު ރައީސް ނަޝީދުވަނީ ދެން ރާއީސް ސޯލިހް އާއި އެކު ސިޔާސީ މަސައްކަތްކުރެވެން ނެތްކަމަށް ވިދާޅުވެފައެވެ. އަދި ޕާޓީގެ ދެ ފެކްޝަންގެ ދެމެދުގައި ބަހުގެ ހޫނު ހަމަލާތައް ބަދަލުކުރެވެމުންދާ މި ދަނޑިވަޅު ރައީސް ނަޝީދު ވަނީ ޕީޕީއެމް އާއި ރައީސް ޔާމީންގެ އެހީތެރިކަމަށްވެސް އެދިފައެވެ.

އެމްޑީޕީ ބައިބައިވެފައިވާ މި ދަނޑިވަޅު ޝިޔާމް ކުރެއްވި ޓުވިޓެއްގައި ވިދާޅުވީ މީގެ ސޯޅަ އަހަރު ކުރިން އެމްޑީޕީ އިން ހޯދަން ނިކުތް އެތި މިއަދު އެމްޑީޕީއަށްވެސް އޮޅިއްޖެކަމަށެވެ. ” ޔަގީނުންވެސް 16 އަހަރުފަހުން މި ލިބުނީ ހޯދަން މަސައްކަތް ފެށި އެތި ނޫންކަން އެމްޑީޕީގެ މަތީފަޑިން ފެށިގެން އާންމު މެމްބަރުންނަށަވެސް އެނގޭ ލައްކަ ވާހާކަ” ޝިޔާމް ގެ ޓުވިޓްގައި ވިދާޅުވިއެވެ.