English Edition
Dhivehi Edition

ލިޔުނީ: ޝަރާ ފާއިޒް/ހިތަދޫ ސްކޫލް

ހިތަދޫ ސްކޫލުގެ މުދައްރިސުންނާއި މުވައްޒަފުން އިންތިޒާމްްކޮށްގެން މިއަންނަ ހުކުރު ދުވަހު އެސްކޫލުގައި އާއިލީ ހަވީރެއް ބާއްވަން ހަމަޖައްސައިފިއެވެ.

މި އާއިލީ ހަވީރު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ 29 ސެޕްޓެމްބަރ ވާ ހުކުރު ދުވަހު މެންދުރު 14:00 އިން ހަވީރު 18:00 އަށް، އަދި ރޭގަނޑު 20:00 އިން 22:00 އަށެވެ. ގޭޓު ޓިކެޓެއްގެ އަގަކީ 5 ރުފިޔާއެވެ.

މި ހަވީރުގައި މުދައްރިސުންގެ އެކި ހަރަކާތް ތަކާއި ހުނަރުވެރިކަން ފެނިގެންދާނެ ކަމަށް ސްކޫލުގެ ޕްރިންސިޕަލް، ޑރ. އާސިޔަތު މުހައްމަދު ދީދީ ވަނީ ވިދާޅުވެފައެވެ. އެގޮތުން މުދައްރިސުންގެ ހާއްސަ ސްޓޭޖް ހަރަކާެތްތަކާއި ޝޯވ ތަކެއް ބޭއްވުމަށްވަނީ ހަމަޖެހިފައެވެ.

ކޮންމެ އާއިލީ ހަވީރެކޭ އެއްފަދައިން މި ހަވީރުގައިވެސް ވަނީ ވަރަށް ގިނަ ކުޅިވަރުތައް ހިމަނާފައެވެ. އެގޮތުން ބިރުވެރި ހޮހޮޅާއި، ގޭމް ސެންޓަރާއި، ބާބަކިއު އަކާއި، ކެންޓީންވެސް ހިމެނުމަށްވަނީ ހަމަޖެހިފައެވެ.