English Edition
Dhivehi Edition

ހޮރައިޒަން އެކަޑަމީ ޓީޗާސް ޓޯނަމެންޓް 2020 ގެ ނަމުގައި އައްޑޫސިޓީގެ ސްކޫލްތަކުގެ މެދުގައި ބޭއްވި ބެޑްމިންޓަން މުބާރާތް ހިތަދޫ ސްކޫލުން ކާމިޔާބު ކޮށްފިއެވެ. ހިތަދޫ ސްކޫލުން މި މުބާރާތް ކާމިޔާބު ކުރީ ރޭ ކުޅުނު ފައިނަލް މެޗްގައި ފޭދޫ ސްކޫލް ފަހު ދެ ޓައި ދޫކޮއްލުމާ ގުޅިގެންނެވެ.

ފައިނަލް މެޗްގައި ޖުމްލަ 3 ޓައި ކުޅެގެން ހިތަދޫ ސްކޫލުން ވަނީ 2 ޓައި ކާމިޔާބު ކޮށްފައެވެ. ފުރަތަމަ ޓައިގެ ފިރިހެން ސިންގަލްސް ގައި ބައްދަލު ކުރީ ފޭދޫ ސްކޫލްގެ ނިޒާރު އާއި ހިތަދޫ ސްކޫލް ގެ އަންޝާދު އެެވެ . މި ޓައި ސީދާ 2 ސެޓު އިން ކާމިޔާބު ކުރީ ފޭދޫ ސްކޫލް އެވެ.

ދެވަނަ ޓައިގައި ކުޅުނީ އަންހެން ޑަބަލްސް އެވެ. ފޭދޫ ސްކޫލް ގެ އަސްމާ އާއި ޖުނޭ ބައްދަލު ކުރީ ހިތަދޫ ސްކޫލް ގެ ނުޒުހާ އާއި ޚައްޖާ އާއެވެ. މި ޓައި ސީދާ 2-0 އިން ކާމިޔާބު ކުރީ ނުޒުހާ އާއި ޚައްޖާއެވެ.

ތިންވަނަ ފިރިހެން ޑަބަލްސް ގައި ފޭދޫ ސްކޫލް ގެ ނިޒާރު އާއީ އައްބުދުލް ރަހުމާން އަދި ހިތަދޫ ސްކޫލްގެ ޖޯޖް އާއި ސްޓަރލިން ބައްދަލު ކުރަންއޮތް މެޗް ހިތަދޫ ސްކޫލް ގެ ކުޅުން ތެރިއާ އިންޖަރީ ވުމުގެ ސަބަބުން ވަނީ ފޭދޫ ސްކޫލް އަށް މެޗް ދޫ ކޮއްފައެވެ.

ފައިނަލް މެޗްގެ 4 ވަނަ ޓައިގައި ކުޅުނު މިކްސް ޑަބަލްސް ގައި ފޭދޫ ސްކޫލް ގެ މެތިއު އަދި ހައްވޫ ބައްދަލު ކުރި ޓައި ހިތަދޫ ސްކޫލް ޓީމް ގެ ޕްރަޝާންތު އާއި ނުޒުހާ ވަނީ ވަރަށް ފޯރިގަދަ ކުޅުމަކައްފަހު 2-0 އިން ކާމިޔާބު ކޮށްފައެވެ.

މެޗްގެ 5 ވަނަ ޓައިއާއި ހަމައިން ޖެހުނު މައްސަލައަކާ ގުޅިގެން އޮފިޝަލުންނާ ދެބަސްވެ ފޭދޫ ސްކޫލުން ވަނީ ބާކީ ޓައިތައް ނުކުޅެ އެ މެޗްތައް ހިތަދޫ ސްކޫލަށް ދޫކޮއްލާފައެވެ.
މުބާރާތެއްގައި މިގޮތަށް ޓީމަކުން ކަންތައް ކޮއްފިނަމަ އެޓީމަކާ ދޭތެރޭ ކަންތައް ކުރާނީ ކޮންގޮތަކައް ތޯ ހޮރައިޒަން އެކަޑަމީ އާއި ސުވާލުކުރުމުން އެ އެކަޑަމީ ގެ ނައިބް ރައިީސް ރިޔާޒް ވިދާޅުވީ އެގޮތައް އަމަލުކުރުމުން ނިންމާފައި އޮންނަނީ ކުރިއަށް އޮތް އަހަރު އެ ސްކޫލް އެއްގެ ޓީމަކަށް މުބާރާތުން ފުރުސަތެއް ނުދިނުމަށެވެ.

މި މުބާރާތް ނިންމުމުގެ ރަސްމިއްޔާތުގައި އެއްވަނަ ދެވަނަ އަދި ތިންވަނައަށް ދިޔަ ޓީމްތަކަށް ޓްރޮފީއާއި ސެޓްފިކެޓް ވަނީ ދީފައެވެ. އެގޮތުން މުޅި މުބާރާތުގެ ޗެމްޕިއަން ޓީމް، ހިތަދޫ ސްކޫލް ޓްރޮފީ އަދި މެޑަލް ހަވާލުކޮއްދެއްވީ ހޮރައިޒަން އެކަޑަމީގެ ފައުންޑަރ މެމްބަރ ހައްވާ ރާމިޒާ އެވެ.

މިމުބާރާތުގެ މެޗްތައް ދޫކޮއްލި ރަނަރަޕް ފޭދޫ ސްކޫލް އަށް ވެސް ޓްރޮފީ އަދި މެޑަލް ވަނީ ހަވާލުކޮށްފައިވެއެވެ. މެޑަލް ޓްރޮފީ ހަވާލުކޮއްދެއްވީ މަލްޓި ސްޕަމަރޓް މެނޭޖރ އަހުމަދު ޙިސާމް އެވެ.
އަދި މުބާރާތުގެ ބައިވެރި ވި ކުޅުންތެރިންނަށް ހަނދާނީ ލިޔުން ހަވާލުކޮއްދެއްވީ އޭއޯ ނިއުސް ގެ ސީއީއޯ ޝިމްލާ އަހުމަދެވެ.

މި މުބާރާތުގެ 3 ވަނައަށް 2 ޓީމް ވަނީ ގޮސްފައެވެ. 3 އަށް ދިޔަ އައްޑޫ ހައި ސްކޫލް ޓީމް ބީ އާއި ޝަރަފުއްދީން ސްކޫލް ޓީމް އޭ އަށް ވެސް ވަނީ ހަނދާނީ ލިއުން ދީފައެވެ.

ރޭ ނިމިގެން ދިޔަ ހޮރައިޒަން އެކަޑަމީ ޓީޗާސް ޓޯނަމެންޓް 2020 ސްޕޮންސަރުންގެ ތެރޭގައި، ތްރީއެސް، އަސްކަނި ސްޕޯރޓްސް، ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް، މަލްޓި ސުޕަރމާޓް، ޓޫ ސްޓާ ޓޭކްއަވޭ، ވަންޑިގްރީ، ކޮންޓްރޯލް ޕީ،އެމް ޕީ ނާޒިލް، ބީޓެކް، ލުއިގޭސް ،އަދި ޑިލައިޓް ހިމެނެއި. މި މުބާރާތުގެ މީޑިއާ ޕާޓްނަރަކީ އޭއޯނިއުސްއެވެ.

2 ކޮމެންޓް
ބޮޑު ފަރަންޖީ
ނޮވެމްބަރު 8, 2020
ނުފޯރާ ފޮތިން ފޫގެޅީމަ ދެން ފެންނާނީ................ އިސް ރެފްރީ ކަޑަކަމުން މުބާރާތުގެ އަގު ވެއްޓުނީ.
ނަގުލު ފިއްތި
ނޮވެމްބަރު 8, 2020
މިހާތަނަށް އައްޑޫގަ ބޭއްވި އެންމެ ދަށު ދަރަޖައިގެ މުބާރާތް. އިސް ރެފްރީއަކަށް ހުރީ ނާގާބިލް ކަމަށް އެކަށީގެންނުވާ މީހަކަށް ވީމަ މުބާރާތް ތިހާ ހުތުރުކޮށް ނިމިގެން ދިޔައީ.