English Edition
Dhivehi Edition
ކޮވިޑް-19 އާއި ގުޅިގެން މާލޭގެ ފުރަބަންދު ތަންފީޒްކުރުމުގައި ފުލުހުން ހަރަކާތްތެރިވަނީ - ފޮޓޯ: ޕޮލިސް

ރާއްޖެއިން އިތުރު 122 މީހުން ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ އިން އާންމުކުރި ތަފާސް ހިސާބުތަކަށް ބަލާލާއިރު އިއްޔެ މާލެ އިން ޕޮޒިޓިވްވީ 24 މީހުންނެވެ. އަދި އަތޮޅުތެރޭގެ މީހުން ދިރިއުޅޭ ރަށްތަކުން 81 މީހުން ޕޮޒިޓިވްވި އިރު ރިސޯޓްތަކުން 17 މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ.

މިހާރު ރާއްޖޭގައި ކޮވިޑް ޖެހިފައި ތިބި 2587 މީހުން ތިބިއިރު ކޮވިޑް ޖެހުނު މީހުންގެ ތެރެއިން އިއްޔެ ކޮވިޑުން ރަނގަޅު ވެފައިވަނީ 106 މީހުންނެވެ. ކޮވިޑް ޖެހުނު މީހުންގެ ތެރެއިން 11 މީހަކަށް މިހާރު ހޮސްޕިޓަލްގައި އެޑްމިޓް ކޮށްގެން ފަރުވާދެމުން އަންނައިރު ރާއްޖޭގައި ބަލިވަނީ ވަރަށް ބޮޑު ކޮންޓްރޯލްކުރެވިފައެވެ،