English Edition
Dhivehi Edition
ފޮޓޯ:ވަގުތު އޮންލައިން

އިންޑިއާ އާއި ގުޅުން ބޭއްވުމާ ދެކޮޅު އެއްވެސް ވިސްނުމެއް ރާއްޖޭގައި އޮވެގެން ނުވާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ޒީމިޑިއާ ކުންފުނިން ހިންގާ ވިއޯން މީޑިއާއަށް ދެއްވި ވީޑިއޯ އިންޓަވިއުއެއްގައި ރައީސް ނަޝީދު ވިދާޅުވީ ރާއްޖޭގެ ހުރިހާ ސިޔާސީ ޕާޓީތަކުންވެސް އިންޑިއާއެކު މަސައްކަތްކުރަންޖެހޭކަމަށް ގަބޫލުކުރައްވާކަމަށެވެ. އަދި އިިދިކޮޅު ފަރާތްތައްވެސް ހިމެނޭ ގޮތަށް ރާއްޖޭގެ ސިޔާސީ ހުރިހާ ފަރާތްތަކުން، އެކައްޗެއް ކިޔައި ރާއްޖޭގެ އެންމެ ދުވަސްވި އެއް އެކުވެރިޔާ، އިންޑިއާއެކު މަސައްކަތްކުރަން ޖެހޭކަން ގަބޫލުކުރަން ޖެހޭ ކަމަށެވެ.

އިންޑިއާގެ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ތައުރީފުކުރައްވަމުން ރައީސް ނަޝީދު ވިދާޅުވީ އިންޑިއާ އާއި އެކު ހާއްސަ ގުޅުމެއް ބާއްވައި އިންޑިއާ އަކީ ފަސްޓް ފޮރިން ޕޮލިސީގެ ގޮތުގައި ދެެކެން ޖެހޭނެ ކަމަށެވެ.

އިންޑިއާ އާއި އެކު ބާއްވަމުން ގެންދާ ބައެއް ކަހަލަ ‘ސިއްރު ގުޅުން’ތައް ހުއްޓާލުމަށް ގިނަ ބަޔަކު ގޮވަމުންދާ މި ދަނޑިވަޅު މީގެ ކުރިންވެސް ރައީސް ނަޝީދު ވަނީ އިންޑިއާގެ ދިފާއުގައި ވާހަކަފުޅު ދައްކަވާފައެވެ. މި ގޮތުން ރައީސް ނަޝީދު ވިދާޅުވީ ސަރުކާރާއި ސަރުކާރު ހިންގާ މައިޕާޓީ އެމްޑީޕީގެ ވާދަވެރިން އަވަށްޓެރި އިންޑިއާ އާއި ގުޅޭ ގޮތުން ދައްކަމުން ގެންދާ ވާހަކަތައް ހުއްޓާލަން ޖެހޭކަމަށެވެ.

 

3 ކޮމެންޓް
ރާއަލިފް
ޖުލައި 21, 2021
ގެރި މޯޑީ ގެރި ލާދީނާ މޮޔަފުޅު ވީ ތޯ؟ ކަލޭގެ އެކަނި ވެސް ގައުމެއްނުންދޯ މީ ލާހިކެއްނުން ތިކަން ކުރާކަން ކުރީފަހަރަށްވުރެ މާހިތިކޮށް ވައްޓާލާނަން #އިންޑިއާ އިންޑިއާ އައުޓު #ކަލޭ އައުޓު ތިހިރީ އައުޓު ކޮށްފަ ލޮލް
ރާއަލިފް
ޖުލައި 21, 2021
ގެރި މޯޑީ ގެރި ލާދީނާ މޮޔަފުޅު ވީ ތޯ؟ ކަލޭގެ އެކަނި ވެސް ގައުމެއްނުންދޯ މީ ލާހިކެއްނުން ތިކަން ކުރާކަން ކުރީފަހަރަށްވުރެ މާހިތިކޮށް ވައްޓާލާނަން #އިންޑިއާ އިންޑިއާ އައުޓު #ކަލޭ އައުޓު ތިހިރީ އައުޓު ކޮށްފަ
ރާއަލިފް
ޖުލައި 21, 2021
ގެރި މޯޑީ ގެރި ލާދީނާ މޮޔަފުޅު ވީ ތޯ؟ ކަލޭގެ އެކަނި ވެސް ގައުމެއްނުންދޯ މީ ލާހިކެއްނުން ތިކަން ކުރާކަން ކުރީފަހަރަށްވުރެ މާހިތިކޮށް ވައްޓާލާނަން #އިންޑިއާ އިންޑިއާ އައުޓު #ކަލޭ އައުޓު