އިދިކޮޅު މެންބަރުންގެ ހުރަސްއެޅުމާއެކުވެސް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ކުރިއަށް ގެންދިއުމަށްޓަކައި، ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތު އުސްކުރުމުގެ މަސައްކަތްކުރިއަށްދާކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ދައްކަމުންދާ ވާހަކަތައް ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސް މޫސާ މަނިކު ދޮގުކުރައްވައިފިއެވެ.
ޕީޕީއެމް ރުމާލު 2 ޖަގަހައިގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ރީކޯ ވިދާޅުވީ މަޖިލީހުގެ ޢިމަރާތުގެ މަރާމާތުކުރުމާއި ތަންތަނަށް ބަދަލުތައް ގެނައުން ވަކި އުސޫލެއްގެ މަތިން އަބަދުވެސް ކުރަމުން ގެންދާކަމަށެވެ.ރައްޔިތުންގެ މަޖިލީހުގެ ގިނަ ޢަދަދެއްގެ މެންބަރުން ބައިވެރިވަޑައިގެންނެވި ޖަލްސާގައި ރީކޯ ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކަށް ހުރަސްއެޅުމުގެ ފުރުޞަތު އިދިކޮޅު ފަރާތްތަކަށް ނުދެއްވާނެކަމަށެވެ.
ރޭގެ ޖަލްސާގައި ރީކޯ ވިދާޅުވީ ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންދާތީ އިދިކޮޅު ފަރާތްތަކުން ކަންބޮޑުވެގެން ނޫޅޭ ކަމަށާއި އިދިކޮޅު ފަރާތްތަކުން ޖެއްސުން ކުރަމުންދަނީ މަޝްރޫއުތައް އަވަސްކުރުމަށް ކަމަށެވެ.