ކުރީގެ ފިލްމް ތަކުން މަޝްހޫރުކަން ހޯދާފައިވާ އަދި ޓީވީ އެކްޓްރެސް ސުރޭހާ ސިކްރީ މަރުވެއްޖެއެވެ.
ބޮލީވުޑްގެ ހަބަރުތައް ބުނާގޮތުގައި މިއަދު ހެނދުނު ވަގުތެއްގައި އުމުރުން 75 އަހަރުގެ ސުރޭހާ މަރުވެފައިވަނީ ހާޓްއެޓޭކްއެއް ޖެހިގެންނެވެ.
3ފަހަރު ނޭޝަނަލް އެވޯޑް ހޯދާފައިވާ މޮޅު އެކްޓްރެސް އަށް މީގެކުރިން ސްޓްރޯކެއް ޖެހި ސިކުނޑިއަށް ލިބުނު ގެއްލުނަތަކަށް އައީ ފަރުވާ ހޯދަމުން ކަމަށް އޭނާގެ އޭޖެންޓް ވިވެކް މީޑިއާތަކަށް މައުލޫމާތު ދީފައިވެއެވެ. ވިވެކް ބުނެފައިވާ ގޮތުން ސުރޭހާ އަށް ސްޓްރޯކް ޖެހިފައިވަނީ މިދިޔަ އަހަރު ސެޕްޓެމްބަރ މަހުގައެވެ. އެއަށްފަހު ދެވަނަ ސްޓްރޯކެއްޖެހި އެކަމަށް ސުރޭހާ ދިޔައީ ފަރުވާ ހޯދަމުންނެވެ.
ސުރޭހާ މަރުވިއިރު އާއިލާގެ މީހުން އޭނާ ގާތުގައި ތިއްބެވެ. އާއިލާގެ ފަރާތުން މިވަގުތު އެދެނީ ހިތާމާއިގައި ބައިވެރިވާ އެންމެން އެއާއިލާ އަށް އެކަހެރި ވަގުތު ކޮޅެއްދިނުމެވެ.
ސުރޭހާ އޭނާގެ އެކްޓްކުރުމުގެ ހުނަރު ދައްކާލާފައިވާ ފިލްމް ތަކަކީ، ޓަމަސް، މަމޯ، ސަލިމް ލަގްދޭ ޕޭ މަތް ރޯ، ޒުބެއިދާ، ބަދާއިހޯ އަދި ބަލިކާ ވަދު ފަދަ މަޝްހޫރު ޑްރާމާ ތަކުންނެވެ.
ސުރޭހާ އެންމެ ފަހުން ފެނިފައިވަނީ ޒޯޔާ އަކްތަރ ޑައިރެކްޓް ކޮށް މިދިޔަ އަހަރު ނެރެފައިވާ ފިލްމް ގޯސްޓް ސްޓޯރީގެ ރޯލް އަކުންނެވެ.