English Edition
Dhivehi Edition
ވީއައިއޭގައި ފުރަން ގޮސް ތިބި ފަތުރުވެރިންތަކެއް - ފޮޓޯ: މިހާރު

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ފުރަން ދިޔަ ފަތުރުވެރިއެއްގެ ދަބަހުން ވަޒަންތަކެއް ފެނިއްޖެ އެވެ

ފުލުހުން މިއަދު ވިދާޅުވީ ވީއައިއޭ އިން ފުރަން ދިޔަ ފަތުރުވެރިއެއްގެ ދަބަހުން ވަޒަންތަކެއް ފެނިފައިވާ މައްސަލައެއް ފުލުހުންނަށް ހުށަހެޅިފައި ވަނީ މިއަދު ހެނދުނު 09:52 ހާއިރު ކަމަށެވެ. އަދި ވަޒަންތައް ފެނިފައި ވަނީ ނަމީބިޔާއަށް ނިސްބަތްވާ، އުމުރުން 60 އަހަރުގެ ފިރިހެނެއްގެ ދަބަހުންކަމަށް ފުލުހުންވަނީ ވިދާޅުވެފައެވެ.

މި މައްސަލަ އާއި ގުޅިގެން ފުލުހުން އަދި މާ ބޮޑު ތަފްސީލެއް ދެއްވާފައި ނުވާއިރު، މިއީ އެ ފަތުރުވެރިޔާ ރާއްޖެއަށް އެތެރެ ކުރި ވަޒަންތަކެއްތޯ އާއި ވަޒަންތައް އޭނާ އަށް ލިބުނު ގޮތެއް އަދި ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

މި މައްސަލައާ ގުޅިގެން އެ ފަތުރުވެރިޔާއާ މިހާރު ސުވާލުކުރަމުންދާކަމަށް ފުލުހުން ވިދާޅުވެފައިވާއިރު މި މައްސަލަ ފުލުހުން އަންނަނީ އިތުރަށް ތަހުގީގުކުރަމުންނެވެ.