English Edition
Dhivehi Edition
ފޮޓޯ:މިހާރު

ރައީސް އަބްދުﷲ ޔާމީނަކީ ސަރުކާރުގެ ތެރޭގައި ހިނގި ކޮރަޕްޝަންގެ ކަންކަން، ވެރިކަމުގައި ހުންނަވައިގެން ބެއްލެވި ހަމައެކަނި ރައީސް ކަމަށް ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ

ރޭ ރުމާލު2 ޖަގަހައިގައި ‘އަޅޭ ‘ ގެ ނަމުގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން އަބްދުއްރަހީމު ވިދާޅުވީ ކުރީގެ ސަރުކާރުތަކުގައި ހިނގި ބޮޑެތި ކޮރަޕްޝަންތައް ބަލާފައި ނުވާ ކަމަށެވެ. މައުމޫންގެ ވެރިކަމުގައި އެފްޕީއައިޑީގައި ހިނގި ކޮރަޕްޝަނުގެ ވާހަކަދައްކަވަމުން އަބްދުއްރަހީމު ވިދާޅުވީ އޭރު ހިޔާނާތްތެރިވި މީހުން ދައުލަތުގެ މަތިންދާ ބޯޓުގައި ފިލައިގެން ދިޔައީ ކަމަށާއި ފަހުން ހިޔާނަތުގެ ބައިވެރިންނަށް ވަޒީރުކަން ދީފައިވާކަމަށެވެ.

ރައީސްގެ ދެކަނބަލުން ބައިވެރިވެ ވަޑައިގެންނެވި ޖަލްސާގައި ވާހަކަދައްކަވަމުން އަބްދުއްރަހީމު ވަނީ ކުރީގެ ރައީސް މައުމޫނު އަބްދުލް ގައްޔޫމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަބްދުއްރަހީމު ވިދާޅުވީ އިންސާފުގެ ނަމުގައި އިދިކޮޅު ކޯލިޝަނުން ވާހަކަދައްކަމުންދާއިރު މައުމޫންގެ ވެރިކަމުގައި ހައްގަކާ ނުލައި އޭނާ އަށް އެތައް ދުވަހެއް ވަންދެން ބަންދުކޮށް، އަރުވާލި ކަމަށެވެ. މައުމޫންގެ ވެރިކަމުގެ ދުވަސްވަރު އަދުލުއިންސާފުގެ ދާއިރާ އިން ގެންގުޅުނު ނާއިންސާފު ކަންކަން ކަމުގެ ވަހަކަދައްކަވަމުން އަބްދުއްރަހީމު ވަނީ އިންސާފަކީ ކޮބައިތޯ ސުވާލުކޮށްފައެވެ. މީގެ އިތުރުން އަބްދުއްރަހީމު ގާނޫނުއަސާސީއާ ޚިލާފަށް ރައީސް ޔާމީން ކުރެއްވި އެއްވެސް ކަމެއް އިދިކޮޅު ކޯލިޝަނަށް ނުދެއްކޭ ކަމަށެވެ