English Edition
Dhivehi Edition
ކޮވިޑް19 ޖެހިފައިވާ ބަލިމީހަކަށް ފަރުވާ ދެނީ

 

އައްޑޫސިޓީން އަދަސް މިވެނީ އެހެކާ ކޮވިޑް-19އް ފައްސިވެފެއި. އަދި މިއާއިއެއްކޮއް އަދަ މިވެނީ އިތިރި 2 ވެރިން މިބަލިން ރަނގަޅަސް ވެފެއި.

އައްޑޫ އެމަޖެންސީ އޮޕަރޭޝަންސް ސެންޓަރ އޭއީއޯސީން ޢާއްމު ކެޑެ ތަފާސް ހިސާބުތަކައް ބަލާކަލަކި އިއްޔެ ހަވީރެއި 6ން އަދަ 6 ޖެހުމާއި ހަމާއް އެހެކާ ފައްސިވީކޯ މިމީހާކީ ކޮވިޑް ޖެހެނެ މީހަކާގެ ޑައިރެކްޓް ކޮންޓެކްޓައް، އަދަ ފައްސިވީ ހިތަދޫ މީހައް.

މިވަގުތެ އެންމެ ގިނަ މީހުން އައްޑޫސިޓީން ކޮވިޑަށް ފައްސިވެފެއި ވެނީއަސް ހިތަދޫން. އޭ 47 ވެރިން. އޭގެއިތިރައް މަރަދޫއެ މިބަލިޖެހިފެއިވޭ 6 ވެރިއެ އަދަސް ތެތިބިއެ. ހިތަދޫއެއި މަރަދޫން ފައްސި ވެފެއިވޭ 53 ވެރިން ފިޔަވައި އައްޑޫސިޓީއެ އެހެންއެއްވިއަސް އަވަށަކުން ކޮވިޑް ކޭސްއައް މިވަގުތެ ފެނިފެއިއަކި ނެއް. މިސިޓީއެ ކޮވީޑް ޖެހެނެ މީހުންގެ އެތެރުން އެޑްމިޓް ކޮށްގެން އިތިރި ފަރުވާ ދެމުންއޭ މީހުންގެ އަދަދަކީ 2.

މެހެއިތާން އައްޑޫސިޓީއެ ކޮވިޑް 19 ބަލި ޖެހެނެ މީހުންގެ ޖުމްލަ އަދަދާ މިވެނީ 500ކާއް އަރަފެއި. މީގެ އެތެރުން ބަލިން ރަނގަޅަވެގެމިކޯ 445 ވެރިން. އައްޑޫސިޓީން މިބަލިން ނިޔައުވެފެއިވެނީ ދެބާކިން