English Edition
Dhivehi Edition

އައްޑޫ ސިޓީ މަރަދޫ ފޭދޫ ބަނދަރުގެ މަޝްރޫޢާ ޚިލާފުވުމުން ހައުސިންގ މިނިސްޓްރީ ޖޫރިމަނާކޮށްފި އެވެ.

އީޕީއޭ އިން ނެރެފައިވާ ނޫސްބަޔާނެއްގައި ބުނީ މަރަދޫ ބަނދަރު ހެދުމުގެ މަޝްރޫއުގެ މަސައްކަތަށް 10 ސެޕްޓެމްބަރު 2019 ގައި ދޫކޮށްފައިވާ ތިމާވެށީގެ ގޮތުން ނިންމި ލިޔުމާއި ޚިލާފަށް އީޕީއޭގެ ހުއްދަނެތި މަސައްކަތް ކޮށްފައިވާ ކަމަށެވެ.

އެކުށް ތިންވަނަ ފަހަރަށް ތަކުރާރުކޮށްފައިވާތީ އެއް ލައްކަ ވިހިހާސް ދިވެހި ރުފިޔާ އިން ޕްލޭނިންގ މިނިސްޓްރީ ޖޫރިމަނާކޮށްފައިވާ ކަމަށެވެ.

ޖޫރިމަނާއަށް ވާ ފައިސާ 30 ދުވަހުގެ ތެރޭގައި އީޕީއޭއަށް ދެއްކުމަށް އިއްޔެ އެ މިނިސްޓްރީއަށް އަންގާފައިވާ ކަމަށް އީޕީއޭއިން ވަނީ ބުނެފަ އެވެ.

މީގެ އިތުރުން އީޕީއޭގެ ހުއްދައަކާއި ނުލާކުރެވިފައިވާ މަސައްކަތާއި މިހާރު ރަށުގެ ތިމާވެށީގެ ހާލަތު ހުރިގޮތް، އީއައިއޭ ކޮންސަލްޓަންޓެއް މެދުވެރިކޮށް ވަޒަންކުރުމަށްފަހު 60 ދުވަހުގެ ތެރޭގައި އީޕީއޭގެ އެންވަޔަރަމަންޓަލް އޮޑިޓް ރިޕޯޓް ހުށަހެޅުމަށް ވެސް ޕްލޭނިން މިނިސްޓްރީއަށް ވަނީ އަންގާފަ އެވެ.

މިހާރު ކުރެވިފައިވާ މަސައްކަތްތައް އީއައިއޭ މޮނިޓަރިން ޕްލޭންގައި ހިމަނާ، އެ މޮނިޓަރިން ޕްލޭން އިސްކޮށް، އައު މޮނިޓަރިންގ ޕްލޭނެއް ހުށަހަޅާނެ ކަމުގެ ލިޔުން ހަތް ދުވަހުގެ ތެރޭގައި އީޕީއޭއަށް ހުށަހެޅުމަށް މިނިސްޓްރީއަށް ވަނީ އަންގާފައެވެ.