English Edition
Dhivehi Edition

އެލްސިއޯން ބޭކަރީގެ ފިހާރައިން ވައްކަން ކޮށްފައިވާ މައްސަލައަކާ ގުޅިގެން މީހަކު ހޯދުމަށް ފުލުހުން އާންމުންގެ އެހީއަށް އެދިއްޖެއެވެ،

ފުލުހުން މިއަދު އާންމުކޮށްފައިވާ ވީޑިއޯއާއި އެކު ބުނެފައިވަނީ، އެ ވީޑިއޯ އިން ފެންނަ މީހާއަކީ 2021 މާރިޗު 31 ވަނަ ދުވަހުގެ ވަގުތެއްގައި އެލްސިއޯން ބޭކަރީގެ ފިހާރައިން ވައްކަން ކޮށްފައިވާ މައްސަލައަކާ ގުޅިގެން ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ކުރަމުންދާ ތަހުގީގަށް ހޯދަން ބޭނުންވެ، ފުލުހުން މިހާތަނަށް ކުރި މައްސައްކަތުން ކާކުކަން ދެނެގަނެވިފައި ނުވާތީ ހޯދިފައިނުވާ މީހެއްކަމަށެވެ.

އެހެންކަމުން އެމީހާއާއި ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ނަމްބަރު 9631696 އަށް ގުޅުއްވައި މިމައްސަލައިގެ އިންސިޑެންޓް ނަންބަރު 483207 ވިދާޅުވެ، އެމައުލޫމާތު ހިއްސާކުރަން އެދޭކަމަށެވެ.