English Edition
Dhivehi Edition

އެކި ދުވަސް މަތިން ތަފާތު ފިހާރަތަކުން ވިޔަފާރި ކުރުމަށް ފަހު ސައްހަނޫން ޓްރާންސެކްޝަން ސްލިޕް ފޮނުވާފައިވާ މައްސަލައްގެ ތަހުގީގަށް މީހަކު ހާޒިރުކުރުމަށް ފުލުހުން އިއުލާނު ކޮށްފި އެވެ.

މި މައްސަލައިގެ ތަހުގީގަށް ހޯދުމަށް އިއުލާންކޮށްފައިވަނީ ހއ. ދިއްދޫ، ވިނޯލިޔާ، އިބްރާހީމް ޚަލީލް(32) އެވެ.

އެ މީހާ ތަހުގީގަށް ހާޒިރުކުރުމަށް އިއުލާންކޮށްފައިވަނީ އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރު ކުރެވިފައި ނުވާތީ، ޖިނާއީ މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައިވާ ގޮތުގެމަތިންނެވެ.

އެކި ދުވަސް މަތިން ތަފާތު ފިހާރަތަކުން ވިޔަފާރި ކުރުމަށް ފަހު ސައްހަނޫން ޓްރާންސެކްޝަން ސްލިޕް ފޮނުވާފައިވާ މައްސަލައެއްގެ ތަހުގީގުގައި ސުވާލުކުރުމަށް، މި މީހާ ޝަހީދު ޙުސައިން އާދަމް ބިލްޑިންގ، 2021 ޖުލައި 15 ވަނަ ދުވަހުގެ 16:00 އަށް ހާޒިރުވުމަށް ފުލުހުންވަނީ އަންގާފައެވެ،