English Edition
Dhivehi Edition

އައްޑޫސިޓީން ސްނޯކްލިން އަށް ދިޔަ ފަތުރުވެރިއަކު ގެނބިގެން މަރުވެއްޖެއެވެ.

މަޢުލޫމާތު ލިބޭ ގޮތުން އޭނާއަކީ އީކުއޭޓަރ ވިލެޖްގެ ފަތުރުވެރިއެކެވެ. ފަތުރުވެރިޔާ ނަގަން އެސަރަޙައްދަށް ފޭބި އެމްއެންޑީއެފްގެ ޑައިވަރަށް ވެސް އަނިޔާ ވެގެން މަރަދޫ ސިއްޙީ މަރުކަޒުގައި ފަރުވާ ދެމުން ދާ ކަމަށް މަޢުލޫމާތު ލިބެއެވެ.އެހެން ނަމަވެސް މިކަން އަދި އެމްއެންޑީއެފުން ކަށަވަރު ކޮށްދީފައެއް ނުވެއެވެ.

މިޙާދިސާއާއި ގުޅިގެން އެމްއެންޑީއެފުން ވިދާޅުވީ އީކުއޭޓަރ ވިލެޖްގެ އިރު އުތުރު ފަރު ބޭރުން ފިރިހެން ފަތުރުވެރިއެއްގެ ހަށިގަނޑު ފެނިގެން އެމްއެންޑީއެފް ސަދަން އޭރިއާ ކޯސްޓްގާޑް ސްކޮޑްރަން ގެ ޑައިވަރުން އެމީހާ ނަގައިގެން މިއަދު ހަވީރު 4.36 ގައި ގެންގޮސްފައިވާކަމަށެވެ. އެމްއެންޑިއެފަށް މިޙާދިސާގެ ރިޕޯޓް ލިބިފައިވަނީ މިއަދު 15.30ގައި ކަމަށް އެއިދާރާއިން ވިދާޅުވެއެވެ.