English Edition
Dhivehi Edition

މި ސީޒަނުގެ ފުރަތަމަ ‘ކްލެސިކޯ’ގައި، ވާދަވެރި ދެ ބޮޑު ކްލަބު ކަމަށްވާ ބާސެލޯނާ އާއި ރެއާލް މެޑްރިޑް މިރޭ ބައްދަލުކުރާނެއެވެ.

މި ސީޒަނުގައިވެސް ސްޕެއިންގައި ބާސެލޯނާއަކީ ބަލިކުރަން އުނދަގޫ ޓީމެއްގެ ގޮތުގައިވަނީ ފާހަގަކުރެވިފައެވެ.

މިރޭގެ މިމެޗަކީ 2008 އިން 2011 އާ ދެމެދު ޕެޕް ގާޑިއޯލާ ހޯދި ކާމިޔާބީއަށްފަހު، ޖެހިޖެހިގެން ތިންވަނަ ފަހަރަށް ލަލީގާ ހޯދާ ފުރަތަމަ ޓީމަށް ވުމަކީ ބާސެލޯނާ ކުރަމުންދާ މަސައްކަތުގައި ކޮންމެހެންވެސް އެޓީމު މޮޅުވާން ބޭނުންވާނެމެޗެކެވެ. އަދި ލަމީން ޔަމާލް، ރަފީނިއާ، އަދި ރޮޑްރީ ފަދަ ތަރިންނާއެކު، މި ޓީމު ހުއްޓުވުމަކީ ފަސޭހަކަމެއް ނޫނެވެ.

މިރޭގެ މެޗްގައި ބާސެލޯނާއާއި ވާދަކުރާ ރެއާލް މެޑްރިޑަކީ ބޮޑު ތައްޓެއް ނުލިބި ދެ ސީޒަން ހޭދަކުރުމަށްފަހު، މީގެ 13 އަހަރުކުރީން އެޓީމްގެ ކުރީގެ ކޯޗު ހޯސޭ މޮރީނިއޯ އަލުން ކްލަބަށް ގެނެސްގެން ބާސެލޯނާއާއި ދެކޮޅަށް ކުޅޭ ފުރަތަމަމެޗެވެ.

ކޭމްޕް ނޯގައި ކުޅޭ މި މެޗުގައި ސަސްޕެންޝަނުގެ ސަބަބުން ވިނީޝިއަސް ޖޫނިއާ ނުކުޅޭނެއެވެ. ނަމަވެސް ކީލިއަން އެމްބާޕޭ އާއި ޖޫޑް ބެލިންހަމް ހަމަލާ ދިނުމުގައި ތިބުމާއެކު މޮރީނިއޯގެ އިރުޝާދުގެ ދަށުން ކުޅޭ ރެއާލްމެޑްރިޑަކީ މިމެޗުން ފަސޭހައިން ބަލިކުރެވޭނެ ޓީމެއް ނޫނެވެ.

ބާސެލޯނާ އާއި ރެއާލް މެޑްރިޑަކީ ވަރަށް ބޮޑަށް ހަމަހަމަ ދެ ޓީމެވެ. މިހާތަނަށް ކުޅުނު ވާދަވެރި 264 ކްލެސިކޯގެ ތެރެއިން ކޮންމެ ޓީމެއްވެސް ވަނީ 106 މެޗުން މޮޅުވެފައެވެ. ގަރުނަކަށްވުރެ ގިނަ ދުވަސްވީ މި ވާދަވެރިކަމުގައި އެއްވެސް ޓީމަކަށް އަނެއް ޓީމުގެ މައްޗަށް މާ ބޮޑު ކުރިލިބުމެއް މިހާތަނަށް ހޯދިފައެއް ނުވެއެވެ.

ކުރިން މެޑްރިޑް ބާސެލޯއާއި ކުޅޭ މެޗްތަކުގައި ގަދަކޮށް ފެނުނު ނަމަވެސް، މީގެ ދެ އަހަރު ކުރިން ފްލިކް ބާސެލޯނާއާ ހަވާލުވި ފަހުން އެކަން ވަނީ ބަދަލުވެފައެވެ. މިގޮތުން ބަޔާން މިއުނިކްގެ ކުރީގެ ކޯޗުގެ އިރުޝާދުގެ ދަށުން ކުޅުނު ހަތް ކްލެސިކޯގެ ތެރެއިން ހަ މެޗުން ބާސެލޯނާ ވަނީ މޮޅުވެފައެވެ.

މި ސީޒަނުގައި ދެ ޓީމުގެ ފޯމު ހުރިގޮތް:

ބާސެލޯނާ:ޗެމްޕިއަންސް ލީގުގައި ޕީއެސްޖީ އަތުން ބާސެލޯނާ ބަލިވިކަމުގައި ވިޔަސް މި ސީޒަނުގައި އޮތީ ވަރަށް ވަރުގަދަ ފޯމެއްގައެވެ. ސީޒަން ފެށީ ޖެހިޖެހިގެން 11 މޮޅާއެކުގައެވެ. ކޮންމެ މެޗެއްގައި އެވްރެޖްކޮށް ހަތަރު ލަނޑަށްވުރެ ގިނައިން އެޓީމުން ޖަހައެވެ. ޔަމާލްގެ ފަރާތުން ކޮންމެ މެޗެއްގައި ކަހަލަ ގޮތަކަށް ލަނޑެއް ނުވަތަ އެސިސްޓެއް ފެނެއެވެ. އަދި ރަފީނިއާ ވަނީ ދުނިޔޭގެ އެންމެ މޮޅު އެއް ފޯވާޑަށް ބަދަލުވެފައެވެ.

ނަމަވެސް، މިދިޔަ ހަފުތާގައި ޔޫރަޕްގެ ޗެމްޕިއަނުންނާ ދެކޮޅަށް ބާސެލޯނާ ކުޅުނު މެޗުން 4-2 އިން ބަލިވުމަކީ އެޓީމުގެ ޑިފެންސްގައި ހުރި ބަލިކަށިކަން ހާމަވި ކަމެކެވެ.

ރެއާލް މެޑްރިޑް:ރެއާލް މެޑްރިޑަކީ އަދިވެސް ވަރުގަދަ ޓީމެކެވެ. ނާކާމިޔާބު ދެ އަހަރަށްފަހު ކުރިއެރުންތަކެއް ފެނުނު ނަމަވެސް، ބައެއް ބަލިކަށިކަންތައްތައް އަދިވެސް ފާހަގަކުރެވެއެވެ. ލަލީގާގައި ކުޅުނު ހަތް މެޗުން މޮޅުވި ނަމަވެސް، ދެ މެޗުން ވަނީ ބަލިވެފައެވެ. މީގެ ސަބަބުން އެޓީމުއޮތީ ތާވަލުގެ އެއްވަނައިގައި އޮތް ބާސެލޯނާއަށްވުރެ ހަ ޕޮއިންޓް ފަހަތުގައެވެ.

ކޯޗުންނަށް ބަލާލާއިރު:

ހަންސީ ފްލިކް:2024 ވަނަ އަހަރު ބާސެލޯނާއާ ހަވާލުވި ފަހުން ފްލިކް ވަނީ ބޮޑު ބަދަލެއް ގެނެސްފައެވެ. ޖެހިޖެހިގެން ދެ ލަލީގާ ތަށި ހޯދައިދިނުމުގެ އިތުރުން، ޒުވާން ކުޅުންތެރިންނާއެކު ހަމަލާދޭ މޮޅު ފުޓްބޯޅައެއް އެޓީމުން ދަނީ ކުޅެމުންނެވެ. ފްލިކްގެ މިހާރުގެ އެންމެ ބޮޑު ގޮންޖެހުމަކީ 2015 ވަނަ އަހަރަށްފަހު ފުރަތަމަ ފަހަރަށް ބާސެލޯނާއަށް ޗެމްޕިއަންސް ލީގު ހޯދައިދިނުމެވެ.

ހޯސޭ މޮރީނިއޯ:13 އަހަރަށްފަހު އެނބުރި އައި މޮރީނިއޯ ވަނީ އޭނާގެ އާދައިގެ މަތިން މީޑިއާގެ ސަމާލުކަން ހޯދާފައެވެ. ރެފްރީންގެ ގޯސްތަކާއި، މެޑްރިޑާ ދެކޮޅަށް ރޭވޭ ރޭވުންތަކުގެ ވާހަކަ އޭނާ ދަނީ ދައްކަމުންނެވެ.

މެޗުގެ މުހިންމު ކުރިމަތިލުންތައް:

ލަމީން ޔަމާލް އާއި މާކް ކުކުރެއްލާ: ސްޕެއިންގެ މި ދެ ބައިވެރިން މިރޭ ފެންނާނީ ވާދަވެރިންގެ ގޮތުގައެވެ. މި ދެ ކުޅުންތެރިންގެ މެދުގައި އޮތް ވާދަވެރިކަމަކީ ބަލާލަން ޝައުގުވެރިވާނެ ކަމެކެވެ.

އާދާ ގުލާ އާއި ރޮޑްރީ: ގުލާ އަކީ މެޑްރިޑްގެ މެދުތެރޭގައި ކުޅުން ބައްޓަންކުރާ މުހިންމު ކުޅުންތެރިޔެކެވެ. އަނެއްކޮޅުން ރޮޑްރީ އަކީ މެދުތެރޭގެ މޮޅު ކުޅުމުގެ ނަމޫނާއެކެވެ. މި ދެ ކުޅުންތެރިންގެ ކުރިމަތިލުން ވެގެންދާނީ މެޗުގެ ނަތީޖާ ކަނޑައެޅުމުގައި މުހިންމު ދައުރެއް އަދާކުރާނެ ކަމަކަށެވެ.

ކޮމްބައިންޑް އެކްސްއައި (ދެ ޓީމުން ހޮވާލެވޭ އެންމެ މޮޅު 11):

ގޯލްކީޕަރު: ތިބޯ ކޯޓުއާ

ޑިފެންޑަރުން: ފެޑެރީކޯ ވަލްވާޑޭ، ޕާއު ކުބާސީ، ޖެރާޑް މާޓިން، މާކް ކުކުރެއްލާ

މެދުތެރެ: ރޮޑްރީ، ޕެޑްރީ

ފޯވާޑުން: ލަމީން ޔަމާލް، ޖޫޑް ބެލިންހަމް، ރަފީނިއާ، ކީލިއަން އެމްބާޕޭ

މެޗުގެ ނަތީޖާ ލަފާކުރުން:

މާސްޑަން: ބާސެލޯނާ 3-1 ރެއާލް މެޑްރިޑް

ކާކްލެންޑް: ބާސެލޯނާ 4-2 ރެއާލް މެޑްރިޑް

ބެޓިން އޮޑްސް:

ބާސެލޯނާ: -165

ރެއާލް މެޑްރިޑް: +300

އެއްވަރުވުން: +475