English Edition
Dhivehi Edition
ހެއިޓީގެ ރައީސްޖޮވެނަލް މޮއިސް

ބަޔަކު ދިން ބަޑީގެ ޙަމަލާއެއްގައި ހެއިޓީގެ ރައީސް ޖޮވެނަލް މޮއިސް އަވަހާރަ ކޮށްލައިފިއެވެ. ޖުލައި 7 ވީ ބުދަ ދުވަހު އެޤައުމުގެ ގަޑިން 1 ޖެހިއިރު ރައީސްގެ އަމިއްލަ ގެކޮޅުގައި ހުންނަވަނިކޮށް ދިން މި ޙަމަލާގައި އެމަނިކުފާނު އަވަހާރަކޮށްލިއިރު އަނބިކަނބަލުން ފަސްޓްލޭޑީގެ ހަށިކޮޅުވެސް ވަނީ ޒަޚަމް ވެފައެވެ. އެކަމަނާ މިވަގުތު ދަނީ ލިބިވަޑައިގެންނެވި ޒަޚަމްތަކަށް ހޮސްޕިޓަލުގައި ފަރުވާ ހޯއްދަވަމުން ކަމަށް ހެއިޓީގެ ބޮޑުވަޒީރު ކްލައުޑީ ޔޫސުފް ވަނީ ވިދާޅުވެފައެވެ.

ޔޫސުފްވަނީ ޤައުމު ހިންގެވުމާވެސް ވަގުތީގޮތުން ޙަވާލުވެވަޑައިގެންފައެވެ. ލާއިންސާނި އަދި ޢުދުވާނީ މިޙަމަލާ ކުށްވެރި ކުރައްވަމުން ޔޫސުފް ވިދާޅުވީ ރައްޔިތުން ކެތްތެރިވެ ތިއްބެވުމަށާއި ފުލުހުންނާއި ސަލާމަތީ ބާރުތަކުން ޤައުމުގެ ރައްކާތެރިކަން މިވަގުތު ޙިމާޔަތް ކުރާނެ ކަމަށެވެ.

އެމެރިކާގެ އެންމެ ފަޤީރު ޤައުމުގެ ގޮތުގައި އޮންނަ ހެއިޓީގައި މޮއިސް ގެ ވެރިކަން ފެށުނީ 2018 ގައި ބޭއްވި އިންތިޚާބަށް ފަހުއެވެ. ވޭތުވެދިޔަ ދުވަސްތަކުގައި އެޤައުމުގައި އުފެދިފައިވާ ސިޔާސީ ހަލަބޮލި ކަމުގެ ތެރޭގައި ގިނަ ބަޔަކު މަރާލައި ރަޙީނު ކުރުމުގެ ހަމަލާތައް ވަނީ އިތުރުވެފައެވެ. މިއާއެކު ގޭންގް މާރާމާރީވެސް އެޤައުމުގައި ވަނީ ކަންބޮޑުވާ ދަރަޖައަކަށް އިތުރުވެފައެވެ. ހެއިޓީގައި ބަނޑުހައި ހޫނުކަމުގެ ހަޅުތާލުވެސް ކުރަމުންދާއިރު އެޤައުމަކީ ޤުދުރަތީ ކާތިޘާތައްވެސް ގިނައިން ކުރިމަތިވާ ޤައުމެކެވެ.