English Edition
Dhivehi Edition
ޖަޕާންގެ މަގެއްގައި ކުދިންތަކެއް ބއިސިކަލް ދުއްވަނީ

ޖަޕާންގެ އެކި އަވަށްތަކުގައި ސަކަރާތްޖަހާ އެހެން މީހުންނަށް އުނދަގޫވާވަރަށް އަޑުގަދަ ކުރާ މީހުންނާއި ގެތަކާއި މަގުތައް އެނގޭ ވެބްސައިޓެއް އުފައްދައިފިއެވެ. މަޑުމައިތިރި އަޑުމަޑު މާޙައުލުތަކަށް ލޯބި ކުރާ ފަރާތްތަކުން އަވަށްޓެރިން ޚިޔާރު ކުރުމުގައި ވަރަށް ބޮޑު އެހީއަކަށްވާ މި ވެބްސައިޓުގައި ހިމެނެނީ ޖަޕާނުގެ ޑޮޒޮރޯކޫ ސްޓްރީޓް މެޕެކެވެ. އަޑުގަދަ ތަންތަން ގަދަ ކުލަތަކުން ބޮޅުއަޅާ ފާހަގަ ކޮށްފައިވާ އިރު އެތަން އަޑު ގަދަވި ސަބަބުވެސް މެޕުން އެނގެން ހުރެއެވެ.

ޖުމްލަ 6000 ތަނެއް ،އުނދަގޫ ބޮޑު، އަޑުގަދަ ތަންތަނުގެ ގޮތުގައި ފާހަގަ ކޮށްފައިވާއިރު އެތަންތަން އަޑުގަދަވާ ސަބަބުތަކުގެ ތެރޭގައި ކުޅޭ ސަރަޙައްދުތަކަކަށްވުން، މީހުންގިނަ ގެއަކަށްވުން، ކުޑަކުދިން ރޯއަޑުއިވުން، ހަޅޭއްލެވުން،އަވަށްޓެރިންގެ ހަޅުތާލުބޮޑުވުން، ޒުވާބު ކުރުންގިނަ ގެތަކަކަށްވުން، ކުށްކުރާ ނިސްބަތް ގިނަވެ ހަމަނުޖެހުންބޮޑު ސަރަޙައްދަކަށް ވުން، ޢާއިލާގައި ތަޅާފޮޅުމާއި ޒުވާބު ކުރުން ގިނަ ބަޔަކަށް ވުން، ސްކޫލް ސަރަޙައްދަކަށް ވުން ފަދަ އެތައް ކަމެއް ހިމަނާފައިވެއެވެ.

މި ވެބަސައިޓް ޢާއްމު ކުރުމާއެކު އެތައްބައެއްގެ ފާޑު ކިއުން މިކަމަށް އަމާޒުވެ މިއީ ކުޑަކުދިންގެ އުފާތަކަށް ހުރަސްއެޅުމަށް ހެދި ވެބްސައިޓެއްކަމަށް ލޭބަލް ވެގެން ދިޔަ ނަމަވެސް މަޑުމައިތިރި ކަމަށް ލޯބި ކުރާ އަވަށްޓެރިންނާއި ، މަޑުމައިތިރި ހަމަހިމޭން ތަންތަނަށް ދިރިއުޅުން ބަދަލުކުރުމަށް ބޭނުންވާ މީހުންނަށް މިވެބްސައިޓް ވެގެންދިޔައީ ވަރަށް މުހިއްމު ބޭނުންތެރި އެއްޗެއްގެ ގޮތުގައެވެ.

މި ވެބްސައިޓަކީ ، އަޑުގަދަކަމަށް ފާހަގަ ކޮށްފައިވާ ސަރަޙައްދުތަކުގެ މީހުންގެ ވިސްނުން ބަދަލުވެ އަޑުމަޑު މާޙައުލެއްގެ މުހިއްމުކަން އިޙްސާސް ކުރެވި ބޭކާރު އަޑުތަކުން މާޙައުލު ތަޣައްޔަރުވާވުން ކުޑަކުރުމަށް ވެސް އެޅުނު ބާރެއްކަމަށް ގިނަ ބަޔަކު ދެކެއެވެ.