English Edition
Dhivehi Edition

 

އަޑިއަށްދިޔަ ބޯޓެއްގައި ކަނޑުވެގެން އީރާނުގެ ކުރުދީ ދަރިފަސްކޮޅަށް ނިސްބަތްވާ ޢާއިލާއެއްގެ ދެމަފިރިންނާއި އެމީހުންގެ ދެކުދިން މަރުވެ 15 މަހުގެ ތުއްތު ކުއްޖާ ވީނުވީއެއް ނޭނގި ގެއްލިއްޖެއެވެ.

ރަސައުލް އިރާން ނަޖުދު35، ޝިވާ މުޙާއްމަދު ޕަނާހީ 35، އަނީތާ 9، އަދި އަރްމިން 6 ދަތުރުކުރި ބޯޓު އަންގާރަދުވަހު ދިޔައީ ފްރާންސްގެ ކަނޑު ހުރަސްކޮށް އިނގިރޭސިވިލާތަށް ދިއުމަށެވެ. މި 4 މީހުންގެ ހަށިގަނޑު ފެނުނުއިރު އެޢާއިލާގެ އެންމެ ތުއްތު އާޓިން އަދިވެސް ނުފެނެއެވެ.

މަރުވި މީހުންގެ ޢާއިލާއާއި ގާތްތިމާގެ މީހުން ތިބީ ރުޅިވެރިކަމާއި ހާސްކަން މަތީ ފިކުރުބޮޑުވެފައިކަމަށް ނަޖުދުގެ ބޭބެ އާއި ޙަވާލާދީ ބީބީސީން ރިޕޯރޓް ކޮށްފައިވެއެވެ. ފްރާންސްގެ ޕަބްލިކް ޕްރޮސިކިއުޓުން މިމައްސަލަ ތަޙުޤީޤު ކުރަމުން އަންނަ އިރު މިޙާދިސާގައި ބޯޓުން ސަލާމަތްވި 15 މީހަކަށް މިހާރުދަނީ ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ. މީހުން ހޯދުމުގެ މަސައްކަތް ހުއްޓާނުލާ އަދިވެސް ކުރިއަށް ދެއެވެ.

ބީބީސީން ރިޕޯޓް ކޮށްފައިވާ ގޮތުގައި މަރުވި ނަޖުދުގެ ޢާއިލާއަކީ އިރާންގެ ހުޅަނގު އައްސޭރީގައިވާ ސަރްދާޝްތުގެ ރައްޔިތެކެވެ. މިސް މުޙައްމަދު ފަނާހީ އޭނާގެ ގާތް މީހަކަށް ފޮނުވާފައިވާ މެސެޖެއްގައިވާ ގޮތުން ޗެނެލް ހުރަސްކުރުމަކީ ނުރައްކާތެރި ކަމެއް ކަން އެނގޭ ޙާލުވެސް އެދަތުރު އެޢާއިލާއިން ފެށީ ފައިސާގެ ދަތިކަމާހުރެ އެނޫން އެހެން ގޮތެއް ނެތުމުންނެވެ. މަގުފޭރޭ މީހުންގެ ނުރައްކާ އިންތިހާއަށް އޮންނަ އެސަރަޙައްދު ހުރަސްކޮށް ޢާއިލާ ދަތުރު ފެށީ ޢީރާނުގައި ދިރިއުޅެވެންނެތި ގެން އިނގިރޭސި ވިލާތުން ޙިމާޔަތާއި ރައްކާތެރިކަން ހޯދުމަށެވެ. އަދިވެސް ނުފެނިވާ ކުޑަކުޑަ އާޓިން އަކީ ވަރަށް އުފާވެރި ކުއްޖެއްކަމަށް އެޢާއިލާގެ އެކުވެރިން ސިފަކުރެއެވެ.

އެޢާއިލާ ޔޫކޭ އަށް ދިއުމަށް 24000 ޔޫރޯ ޚަރަދު ކުރިކަމަށާއި ނަޖުދު އޭނާގެ އާއިލާ ޙިމާޔަތްކޮށް އަމާން އައްސޭރިއަކަށް އެމީހުން ގެންދިއުމަށްޓަކައި ވަރަށް ބޮޑު ޤުރުބާނީއެއް ވީކަމަށް އޭނާގެ ޢާއިލާއިން ބުނެއެވެ.