English Edition
Dhivehi Edition

ގއ.ދެއްވަދޫ ޞިއްޙީ މަރުކަޒުގެ އެކްސްޓެންޝަން ޢިމާރާތުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން އިޢުލާންކޮށްފިއެވެ.

ދެއްވަދޫ ޞިއްޙީ މަރުކަޒުގެ އެކްސްޓެންޝަން ޢިމާރާތުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ބޭނުންވާތީ ދިވެހި ސަރުކާރުގެ ގަޒެޓްގެ އިޢުލާން ނަންބަރު 411-B/IUL/2021/8 ވާ ގޮތުން މި މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދިނުމަށް ޝަޢުޤުވެރިވާ ފަރާތްތަކުން 02 މެއި 2021 ވާ އާދީއްތަ ދުވަހުން ފެށިގެން 05 މެއި 2021 ވާ ބުދަ ދުވަހުގެ 13:00 ގެ ނިޔަލަށް [email protected] ނުވަތަ [email protected] އަށް ގެޒެޓް ކުރެވިފައިވާ ރަޖިސްޓްރޭޝަން ޝީޓް ފުރިހަމަކުރެއްވުމަށްފަހު އީމެއިލް ކުރެއްވުމަށް އެދިފައިވެއެވެ. މިޕްރޮޖެކްޓްގެ ޓެންޑަރ ޑޮކިއުމަންޓް ދޫކުރެވޭނީ ދެވިފައިވާ މުއްދަތުގައި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށް ކަމަށްވެސް އިޢުލާންގައި ވެއެވެ. އަދި އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 12 މެއި 2021 ވާ ބުދަ ދުވަހުގެ ހެނދުނު 11:00ގައި ސިއްޙީ މަރުކަޒުގެ ކޮންފަރެންސް ހޯލްގައެވެ. މިކަމަށް އެދި ކުރިމަތިލެވޭނީ ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު 18/2014) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު 19/2014) ގެ ދަށުން ރަޖިސްޓަރީވެފައިވާ ފަރާތްތަކަށެވެ.

މި އިޢުލާނާއި ގުޅޭގޮތުން އެއްވެސް މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެ ވަޑައިގަންނަވާނަމަ، 11 މެއި 2021ވާ ބުދަ ދުވަހުގެ 13:30ގެ ކުރިން [email protected] ނުވަތަ [email protected] އަށް މެއިލް ކޮށްދެއްވުން އެދޭ ކަމަށާއި އަދި ރެޖިސްޓަރ ކުރައްވާފައިނުވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައި ނުގަނނެވޭނެ ވާހަކަ އިޢުލާންގައި ބުނެފައިވެއެވެ.