English Edition
Dhivehi Edition

އައްޑޫ ސިޓީ ހިތަދޫ އިން އިތުރު 14 މީހަކު ކޮވިޑް19 އަށް ޕޮޒިޓިވްވެ އެ އަވަށުގެ ހާލަތު އިތުރަށް ގޯސްވެއްޖެއެވެ.

އައްޑޫ ސިޓީ ހިތަދޫއިން އިތުރު ބަޔަކު ކޮވިޑަށް ޕޮޒިޓިވްވެފައި މި ވަނީ އެ އަވަށުގައި އަޅާފައިވާ ބައެއް ފިޔަވަޅުތަކަށް އިއްޔެ ލުއިދީފައި ވަނިކޮށެވެ.

އައްޑޫ އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން މިއަދު އާންމުކުރި ތަފާސް ހިސާބުތަކަށް ބަލާލާއިރު އެ ސިޓީގެ ހިތަދޫ އިން މިއަދު ބައްޔަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން ތިން މީހުންނަކީ ބަލީގެ އަލާމާތްތައް ހުރެގެން ފްލޫ ކްލިނިކަށް ދެއްކި މީހުންނެވެ. އަދި ބާކީ 11 މީހުންނަކީ ކުރިން ޕޮޒިޓިވްވި މީހުންގެ ޑައިރެކްޓް ކޮންޓެކްޓުންނެވެ.

ހިތަދޫގައި އަޅާފައިވާ ބައެއް ފިޔަވަޅުތަކަށް ލުއިދީފި

އައްޑޫ ސިޓީ ހިތަދޫ\ގެ އިތުރުން މަރަދޫގައި ބަލިޖެހިފައިވާ 10 މީހަކު ފެނިފައިވާއިރު އެ ސިޓީގެ އެކްޓިވް ކޭސްތަކުގެ އަދަދުވަނީ 59 އަކަށް އަރާފައެވެ.