English Edition
Dhivehi Edition

ގދ. ފަރެސްމާތޮޑާގައި އެޗް.ޕީ.އޭ އިން އަޅާފައިވާ ފިޔަވަޅުތައް ލުއިކޮށް، މޮނިޓަރިންގ ހާލަތުން ނަގައި ރަށަށް އަރާ ފޭބުމުގެ ހުއްދަ ދީފިއެވެ.

ގދ. ފަރެސްމާތޮޑާގައި ކޮވިޑް-19 އާއި ގުޅިގެން ސިއްހީގޮތުން އިތުރަށް ބަލަން ޖެހޭ ކަންތައް ބެލުމަށް މޭ މަހުގެ 31 ވަނަ ދުވަހު ފަރެސްމާތޮޑާ މޮނިޓަރިންގ ހާލަތަށް ގެނެސް 34 ދުވަހުގެ މުއްދަތަކަށް ފަހު އެ ރަށުގައި މޮނިޓަރިންގ އުވާލާފައިވާކަން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗް.ޕީ.އޭ) އިން ވަނީ ހާމަކޮށްފައެވެ.

އެރަށުން މިފަހުން ފައްސިވި 60 ބަލިމީހުން ވެސް ބަލިން ރަނގަޅުވެ މިވަގުތު ބައްޔަށް ފައްސިވެފައިވާ އެއްވެސް މީހެއް ނެތްކަމަށް އެ ރަށު ސިއްހީ މަރުކަޒުން މައުލޫމާތު ދެއެވެ. އަދި ބައްޔަށް ފައްސި މީހަކު އެ ރަށުން ނުފެންނަތާ 12 ދުވަސް ވެފައިވާ ކަމަށްވެސް ސިއްހީ މަރުކަޒުން ބުނެއެވެ.