English Edition
Dhivehi Edition

ރާއްޖޭގައި ހުންނަ އިންޑިއާގެ އެމްބަސީ ގޮއްވާލާނެ ކަމަށް ބުނެ ޓްވީޓްކުރި ކަމަށް ތުހުމަތު ކުރެވޭ މީހާ ހައްޔަރުކޮށްފިއެވެ.

ފުލުހުން ނެރުނު ބަޔާނެއްގައި ބުނީ މި މައްސަލާގައި ހައްޔަރުކޮށްފައި ވަނީ އުމުރުން 42 އަހަރުގެ ދިވެހި ފިރިހަނެއްކަމަށެވެ. މި މައްސަލަ އާއި ގުޅިގެން އޭނާ ދިރިއުޅޭ ގެ ފާސްކޮށްފައިވާއިރު، މި މައްސަލަ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުން ބަލަމުން އަންނަކަމަށް ފުލުހުންވަނީ ބުނެފައެވެ.

އިންޑިއާ އެމްބަސީ ގޮއްވާލާނެ ކަމަށް ބުނެ ހައްޔަރުކުރި މީހާއާ ބެހޭ އެއްވެސް މައުލޫމާތެއް ފުލުހުން ހާމަކޮށްފައި ނުވާއިރު ‘އޭއޯ ނިއުސް’ އަށް މައުލޫމާތު ލިބިފައިވާ ގޮތުން ހައްޔަރުކޮށްފައިވަނީ މުހައްމަދު އިނާދު ކިޔާ މީހެކެވެ. އަދި އޭނާ އަކީ އެމްޕީއެލްގައި މަސައްކަތްކުރާ މީހެއްކަމުގެ މައުލޫމާތުވެސް ވަނީ ލިބިފައެވެ. މީގެ އިތުރުން އޭނާ އަކީ އެންމެ ފަހުން ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެމްޑީޕީގެ ޕްރައިމަރީގައި މައްޗަންގޮޅި ދެކުނު ދާއިރާގެ ޕްރައިމަރީގައި ވާދަކުރުމަށް ވެސް ހުށަހެޅި މީހެކެވެ.

ޗައިނާ އާއި އިންޑިއާ އެމްބަސީގެ ސަލާމަތީ ފިޔަވަޅުތައް އިތުރަށް ވަރުގަދަކޮށްފި

‘ރޯޔަލް ހަސަންތަކުރު’ ގެ ނަމުގައި ކާކުކަން ނޭނގޭ މީހެއްގެ އެކައުންޓަކުން ވަނީ، އިންޑިއާ ހައި ކޮމިޝަން ވަރަށް އަވަހަށް ގޮއްވައިލާނެ ކަމުގެ އިންޒާރު ޓުވިޓާގައި ދީފަ އެވެ. އެ ޓުވީޓު ކުރިތާ މާ ގިނައިރުތަކެއް ނުވަނީސް އެ މީހާގެ އެކައުޓް ޓުވިޓާ އިން ވަނީ ސަސްޕެންޑް ކޮށްފަ އެވެ.