English Edition
Dhivehi Edition

މޯލްޑިވްސް ނޭޝަނަލް ޔުނިވަރސިޓީ (އެމްއެންޔޫ)ގެ ވަޒީފާއިން ޑރ. މުހައްމަދު އިޔާޒް އަބްދުއްލަތީފު ވަކިކުރުމަކީ ނުރައްކާތެރި ބާރުތަކެއްގެ ނުފޫޒުން އަޅާފައިވާ ފިޔަވަޅެއް ކަމަށް އަދާލަތު ޕާޓީން ބުނެފިއެވެ.

އެ ޕާޓީގެ އިލްމުވެރިންގެ މަޖިލީހުން ނެރުނު ބަޔާނެއްގައި އެ ޕާޓީން ވަނީ އިޔާޒާއި މެދު ޔުނިވާސިޓީން އެޅި ފިޔަވަޅަކީ ދިވެހިރާއްޖޭގެ އިސްލާމީ ޝަޚްޞިއްޔަތު ހަރުދަނާކޮށް އިސްލާމްދީނާ ދެކޮޅަށް ދިވެހިރާއްޖޭގައި ހިންގަމުންދާ ހަރަކާތްތައް ހުއްޓުވުމަށް، ސާބިތުކަމާއެކު އޭނާ ކުރިއަށް ގެންދަވާ މަސައްކަތްތައް ނިމުމަކަށް ގެނައުމަށް ކުރި ކަމެއްގެ ގޮތުގައި ދެކޭކަމަށެވެ، އަދި މިކަމުން ދޭހަކޮށްދެނީ ޔުނިވާސިޓީއަށް ނާޖާއިޒު ސިޔާސީ ނުފޫޒު ފޯރާފައިވާ މިންވަރު ކަމަށާއި އަދި މިކަމުގެ ފަހަތުގައިވަނީ ވަކި ފަރުޢީ މައްސަލައަކާމެދު އިޔާޒް ފާޅުކުރެއްވި ޝުޢޫރު ނޫން ކަމަށް ވެސް އެ ޕާޓީން ވަނީ ބުނެފައި ވެއެވެ.

އަދާލަތު ޕާޓީން ވަނީ މިއީ އުފެދި ބޮޑުވަމުން އަންނަ ޒުވާން ޖީލު ތަރުބިއްޔަތުކުރުމާއި ޤައުމުގެ ސިޔާސަތު ކަނޑައެޅުމާއި މުޖުތަމައުގެ އެންމެހާ ދާއިރާތަކުން އިސްލާމްދީނުގެ ޢިލްމުވެރިން އެއްކިބާކޮށް އެކަހެރިކޮށްލަން އެދޭބަޔަކު ހިންގާ ނުރައްކާތެރި ރޭވުމުގެ ބައެއްގެ ގޮތުގައި ސިފަކޮށްފައެވެ.

އަދާލަތުގެ އިލްމުވެރިންގެ މަޖިލީހުން އިޔާޒްގެ ދިފާއުގައި ބަޔާނެއް ނެރެފައި ވާއިރު އެޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރ ޝައިހް އިމްރާން ވެސް ވަނީ އިޔާޒްގެ ދިފާއުގައި ވާހަކަ ދައްކާފައެވެ.

އިޔާޒް ވަޒީފާއިން ވަކިކޮށްފައިވަނީ ސޯޝަލް މީޑިއާ ގައި ކުރައްވާ ޕޯސްޓްތަކާ ގުޅިގެން ތަކުރާރުކޮށް ނަސޭހަތް ދިނުމުންވެސް އެކަންކަން އިސްލާހު ނުކުރުމުންނެވެ.އިޔާޒް މަގާމުން ވަކިކޮށްފައިވާއިރު، އެ ޔުނިވާސިޓީން މީގެ ކުރިން އޭނާއަށް ވަނީ ނަސޭހަތާއި އިންޒާރުވެސް ދީފައި ވެއެވެ. އަދި ކުރި ޓްވީޓްތަކާއި ގުޅިގެން ސަސްޕެންޑްވެސް ކޮށްފައިވާއިރު އެމްއެންޔޫގެ ވައިސް ޗާންސެލަރު މުހައްމަދު ޝަރީޕް ވިދާޅުވީ އިޔާޒު ވަޒީފާއިން ވަކިކުރުމުގެ ސަބަބުތަކުގެ ތެރޭގައި ހަރުކަށި ފިކުރަށް ހިތްވަރުދޭފަދަ ޒާތަކަށް އަމަލުކުރަމުން ގެންދިޔުންވެސް ހިމެނޭކަމަށެވެ.