English Edition
Dhivehi Edition
އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒެއިނާ އާދަމް - ފޮޓޯ: މަޖިލިސް

ކޮވިޑް-19 އިން ރަނގަޅުވާ މީހުންނަށް ކަރަންޓީނަކާއި ނުލައި ރަށް ރަށަށް ދެވޭނަމަ، ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކުރި މީހުންނަށްވެސް އެ އުސޫލު އޮންނަން ވާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް ވިދާޅުވެއްޖެއެވެ.

ކޮވިޑް19 އިން ދިފާއުވުމަށް ދެ ޑޯޒް ވެކްސިން ފުރިހަމަކުރި މީހުންގެ ނިސްބަތް މަދުވުމާއި ގުޅިގެން ވެކްސިން ޑޯޒް ފުރިހަމަކުރި މީހުންނަށް ލުއި ދިނުމާއި މެދު އެއްވެސް ގޮތެއް ނިންމިފައެއް ނުވެއެވެ. މިކަމާއި ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުންތަކެއް އަމާޒުވެފައިވާއިރު ރޮޒެއިނާ ކުރެއްވި ޓުވިޓެއްގައި ވިދާޅުވީ ކޮވިޑްޖެހިގެން ރަނގަޅުވާ މީހުންނަށް ދަތުރުކުރެވޭނަމަ ކޮވިޑްގެ ދެ ޑޯޒް ފުރިހަމަކޮށްފައިވާ ފަރާތްތަކަށްވެސް ދަތުރުކުރެވެން ޖެހޭނެކަމަށެވެ. އަދި މި ގޮތަށް، ނުވާނަމަ ވެކްސިން ޖެހުމުގެ ބޭނުމަކީ ކޮބައިތޯ ރޮޒެއިނާ ވަނީ ސުވާލުކުރައްވާފައެވެ.

މާދަމާ އިން ފެށިގެން ކޮވިޑް-19 ގެ ސަބަބުން އަޅާފައިވާ ފިޔަވަޅުތަކަށް ލުއި ދިނުމަށް ނިންމާފައިވާއިރު އޭގެ ތެރޭގައި ކޮވިޑް ޖެހިގެން ރަނގަޅުވެފައިވާ މީހުންނަށް ކަރަންޓީނަކާއި ނުލައި އެއްރަށުން އަނެއް ރަށަށް ދަތުރުކުރެވޭނެ ކަމަށް ސަރުކާރުންވަނީ ހާމަކޮށްފައެވެ. ކްސިން ފުރިހަމަ ކުރި މީހުންނަށް ލުއި ނުދީ ކޮވިޑް ޖެހި ރަނގަޅުވެފައި ތިބި މީހުންނަށް ލުއިދީފައިވަނީ ބަލިން ރަނގަޅުވާ މީހުންނަށް ލިބޭ ރައްކާތެރިކަން ބޮޑުވާތީކަމަށް އެޗްޕީއޭއިން ވަނީ ހާމަކޮށްފައެވެ.