English Edition
Dhivehi Edition

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު، އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް އަށް ގޯނާ ކުރެއްވި ކަމުގެ ތުހުމަތު ރޮޒައިނާ ކުރައްވައިފިއެވެ.

މި ތުހުމަތު ކުރައްވާފައިވަނީ ރޮޒައިނާ ކުރައްވާފައިވާ ޓްވީޓެއްގައެވެ.

އެ ޓްވީޓުގައި ރޮޒައިނާ ވިދާޅުވެފައިވަނީ މަޖިލީހުގެ ސައި ކޮޓަރިތެރޭގައި ރައީސް ނަޝީދު، އޭނާ އަށް ގޯނާ ކުރެއްވި ކަމަށެވެ. އަދި މިއީ މަޖިލީހުގެ ރައީސް އަކަށް ވެހުރެ ލަދުވެތިވާން ޖެހޭ އަމަލެއްކަމަށެވެ.

ރައީސް ނަޝީދުގެ އިތުބާރު ނެތް ކަމަށް މަޖިލީހަށް ހުށަހަހަޅައި ވޯޓު ހަމަ ވެފައިވާތީ، އެކަން ހަޖަމް ނުކުރެވި، މަޖިލީހުގެ ތަޅުމުގައި އެހެން މެމްބަރުންނަށް އެކަމުގެ ރުޅިވެރިކަން ފާޅުކޮށް ގޯނާ ކުރުމަކީ ބަލައިގަނެވޭނެ ކަމެއްނޫން ކަމަށް ވެސް ރޮޒައިނާ ވަނީ ވިދާޅުވެފައެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަގާމުން ނަޝީދު ދުރުކުރުމަށް 54 މެންބަރުން ސޮއި ކޮށްފައިވާ ގަރާރެއް ރައްޔިތުންގެ މަޖިލިހަށް މިހާރުވަނީ ހުށަހަޅާފައެވެ.