English Edition
Dhivehi Edition

ގދ. އަތޮޅުގައި ރިސޯޓް ތަރައްގީކުރުމަށް ހުޅުވާލި ރަށްތަކުގެ ތެރެއިން ގދ. ކަނޑަހަލަގަލާގައި ރިސޯޓް ތަރައްގީކުރުމަށް 03 ކުންފުންޏަކުން ޝައުގުވެރިކަން ފާޅުކޮށްފިއެވެ.

މިމަހުގެ 10 ވަނަ ދުވަހު ބޭއްވި ބިޑް ހުށަހެޅުމުގައި އެރަށް ފަތުރުވެރިކަމުގެ ދާއިރާއިން ތަރައްގީކުރުމަށް ޝައުގުވެރިކަން ފާޅުކޮށް ބިޑް ހުށަހަޅާފައިވާ ތިން ކުންފުންޏަކީ ކްރެއިމާ ސައިޒްބާރގް ޖީ.އެމް.ބީ.އެޗް އާއި ޔޫ.އޭ.ބީ ސީ.ޖީ.ބީ މެނޭޖްމަންޓް އާއި އޯޝަން ޖެމްސް ޕްރައިވެޓް ލިމިޓެޑްއެވެ.

މި ކުންފުނިތަކުގެ ތެރެއިން ގދ. ކަނޑަހަލަގަލާއަށް އެންމެ ބޮޑު އެކިއުޒިޝަން ކޮސްޓެއް ހުށަހެޅި ކުންފުންޏަކީ ކްރެއިމާ ސައިޒްބާރގް ޖީ.އެމް.ބީ.އެޗް އެވެ. އެކުންފުނިން ވަނީ އެރަށަށް އެކިއުޒިޝަން ކޯސްޓްގެ ގޮތުގައި 2.1 މިލިއަން ޑޮލަރު ހުށަހަޅާފައެވެ. އަދި ޓުއަރިޒަމް ޓްރަސްޓް ފަންޑަށް 50,000 ޑޮލަރު ހުށަހަޅާފައެވެ.

ޔޫ.އޭ.ބީ ސީ.ޖީ.ބީ މެނޭޖްމަންޓުން އެކިއުޒިޝަން ކޯސްޓް ގޮތުގައި ހުށަހަޅާފައިވަނީ 1.1 މިލިއަން ޑޮލަރެވެ. އަދި ޓުއަރިޒަމް ޓްރަސްޓް ފަންޑަށް 120,000 ޑޮލަރު ހުށަހަޅާފައެވެ.

އޯޝަން ޖެމްސް ޕްރައިވެޓް ލިމިޓެޑް އިންވެސް އެކިއުޒިޝަން ކޯސްޓް ގޮތުގައި 1.1 މިލިއަން ޑޮލަރު ހުށަހަޅާފައިވީ ނަމަވެސް ޓުައަރިޒަމް ފަންޑަށް އެކުންފުނިން ހުށަހަޅާފައިވަނީ 125,000 ޑޮލަރެވެ.

ގދ. ކަނޑަހަލަގަލާ އަކީ ގދ. ފަރެސްމާތޮޑާ ކައިރީގައި އޮންނަ ފަޅު ރަށެކެވެ. އެރަށުގައި ރިސޯޓް ތަރައްގީކުރުމަށް ސަރުކާރުން ބިޑަށް ހުޅުވާލީ އޭޕްރިލް 08 ވަނަ ދުވަހު އެވެ.