English Edition
Dhivehi Edition

ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި އެޑްމިޓްކޮށްފައި އޮތް ބަލިމީހަކަށް އަނިޔާކުރި ބިދޭސީމީހާގެ ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓުން އަމުރު ކޮށްފިއެވެ.

މެއި 26 ވަނަ ދުވަހު ކޮވިޑް ފެސިލިޓީގައި ބަލިމީހެއްގެ އެހީތެރިއެއްގެ ގޮތުގައި އާއިލާއިން ހަމަޖެއްސި ބަންގްލަދޭޝް މީހެއްކަމުގައިވާ ޝަރިފް ހާން، ބަލިމީހާގެ ގައިގައި ޖަހާ އަނިޔާ ކުރި މައްސަލައިގައި ފުލުހުންވަނީ ހައްޔަރުކޮށްފައެވެ

ޕީޖީ އޮފީހުން ބުނީ، އޭނާގެ މައްޗަަށް ޤާނޫނު ނަންބަރު: 9/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ 120 ވަނަ މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރާ ޙަވާލާދީ، އެ މާއްދާގެ (ށ) ގެ 2 ވަނަ ނަންބަރުގެ ދަށުން، އަނިޔާއެއް ދިނުމުގެ ކުށުގެ ދަޢުވާ ކުރުމަށް މިއަދު ހުށަހަޅާފައިވާ ކަމަށެވެ. އަދި އެ ދައުވާއާ ގުޅިގެން މިއަދު ބޭއްވި އަޑުއެހުމުގައި ޝަރީއަތް ނިމެންދެން ޝަރިފް ބަންދުކޮށްދިނުމަށް ދައުލަތުން އެދުމުން، ކޯޓުން ވަނީ އޭނާ ޝަރީއަތް ނިމެންދެން ބަންދުކުރުމަށް އަމުރުކޮށްފަ އެވެ.

ފެސިލިޓީގައި ބަލިމީހާއަށް ހަމަލާދޭ މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާއްމުވުމާއެކު ގިނަ ބަޔަކުވަނީ އެމީހާ ހައްޔަރުކުރުމަށް ގޮވާލާފައެވެ.