English Edition
Dhivehi Edition
ރާއްޖޭގައި އުޅޭ ބިދޭސީންތަކެއް - ފޮޓޯ: ވީނިއުސް

ގަވައިދާ ހިލާފަށް އުޅޭ 173 ބިދޭސީއަކު ޑީޕޯޓުކުރަން އިމިގްރޭޝަންއާ ހަވާލުކޮށްފައިވާކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅޭ 173 ބިދޭސީން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ، ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަންތަކެއްގައި ކަމަށެވެ. މި ގޮތުން މިހާތަނަށް 13 އޮޕަރޭޝަނެއް ހިންގާފައިވާއިރު އޭގެ ތެރޭގައި ފުލުހުން ހަމައެކަނި ހިންގާފައިވާ އޮޕަރޭޝަންތަކާއި، އިމިގްރޭޝަންގެ އެކަމާ ގުޅުން ހުރި ޑިޕާޓްމެންޓްތަކާއި ގުޅިގެން ހިންގާފައިވާ އޮޕަރޭޝަންތައް ހިމެނޭކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މީގެ އިތުރުން ފުލުހުން ބުނީ ރާއްޖޭގައި މަސައްކަތްކުރަމުން ގެންދާ ބައެއް ބިދޭސީން، ހަށިވިއްކުމުގެ މަސައްކަތް ކުރިއަށް ގެންދާކަމަށެވެ. އަދި ބިދޭސީންނާއި ގުޅިގެން ބައެއް ދިވެހީން ގާނޫނާއި ގަވާއިދާ ހިލާފު މުއާމަލާތްތައް ކުރިއަށް ގެންދާކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.

ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅެމުން އަންނަ ބިދޭސީންގެ އަދަދު ވަރަށް ބޮޑަށް އިތުރުވެފައިވާއިރު، ބިދޭސީން ކުށްކުރާ އަދަދުވެސް ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ