English Edition
Dhivehi Edition
ބިދޭސީން ހައްޔަރުކުރުމަށް ހިންގާ އޮޕަރޭޝަންގެ ތެރެއިނ ފޮޓޯ: އިމިގްރޭޝަން

ގަވާއިދާ ހިލާފަށް ވިޔަފާރި ކުރަމުންދާ ބިދޭސީން ހޯދުމަށް ކުރާ މަސައްކަތުގެ ތެރެއިން، މާލޭގެ 02 ތަނެއް ބަލައި ފާސްކޮށްފައެވެ.

މޯލްޑިވްސް އިިމިގްރޭޝަނުން ބުނީ މީގެތެރެއިން އެއް ތަނަކީ ގަވާއިދާ ހިލާފަށް ކާބޯތަކެތީގެ ވިޔަފާރި ކުރަމުންދާ ތަނެއް ކަމަށް “އިމިގްރޭޝަން ވޮޗް” އަށް ލިބުނު މައުލޫމާތާއި ގުޅިގެން ބަލައި ފާސްކުރެވުނު ތަނެއްކަމަށެވެ. އެގޮތުން އެތަނުގައި މަސައްކަތް ކުރަމުންދިޔަ ބިދޭސީ 01 އަންހެނަކު އިމިގްރޭޝަން ބެލުމުގެ ދަށަށް ވަނީ ގެންގޮސްފައެވެ.

މީގެއިތުރުން ރޭ ވަނީ ހުޅުމާލޭގައި ބިދޭސީން ވިޔަފާރި ކުރަމުން ދިޔަ ތަނެއް ބަލައި ފާސްކޮށް، ގަވާއިދާ ހިލާފަށް މަސައްކަތް ކުރަމުންދިޔަ ބިދޭސީ ފިރިހެނަކު އިމިގްރޭޝަން ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

ޓެގު