English Edition
Dhivehi Edition

އައްޑޫ ސިޓީ ފޭދޫގައި ކުޑަކުއްޖަކަށް ހަމަލާދީ ޒަހަމްކޮށްލައިފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުން، މި މާރާމާރީގައި ޒަހަމްވެފައިވަނީ އުމުރުން 12 އަހަރުގެ ކުއްޖެކެވެ. ފުލުހުން ވިދާޅުވީ މިހާދިސާގެ ރިޕޯޓް ފުލުހަށް ހުށަހަޅާފައި ވަނީ މިއަދު 13:35 ހާއިރު ކަމަށެވެ.

ފޭދޫގައި ހިންގި މާރާމާރީއެއްގައި 12 އަހަރުގެ ފިރިހެން ކުއްޖަކު ޒަހަމްކޮށްލާފައިވާ މައްސަލައެއް ބަލަމުން އަންނަ ކަމަށް ފުލުހުން ވިދާޅުވެފައިވާއިރު ކަމާއި ބެހޭ އެއްވެސް އިދާރާއަކުން އަދި މިކަމާއި ގުޅޭ އިތުރު ތަފްސީލެއް ހާމަކޮށްފައެއް ނުވެއެވެ

މައުލޫމާތު ލިބިފައިވާ ގޮތުން މި ހާދިސާގައި އަނިޔާވި ކުއްޖާއަށް އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުގައި މިހާރު އަންނަނީ ފަރުވާ ދެމުންނެވެ.