English Edition
Dhivehi Edition

ގއ. ކަނޑުހުޅުދޫގައި ރޭ ހިނގި މާރާމާރީގައި އަނިޔާވި އެކަކުގެ ހާލު ސީރިއަސްވެ، އިތުރު ފަރުވާއަށް މާލެ ގެންނަން ފުރުވާލާފައިވާ ކަމަށް އެ ރަށު ސިއްހީ މަރުކަޒުން މިއަދު ބުނެފިއެވެ.

މި މައްސަލައާ ގުޅޭ ގޮތުން ފުލުހުން ބުނެފައިވަނީ، ގއ. ކަނޑުހުޅުދޫގައި ދެ މީހެއްގެ މެދުގައި މާރާމާރީއެއް ހިނގި މައްސަލަ ހޮނިހިރު ދުވަހުގެ ރޭ 21:37 ހާއިރު ރިޕޯޓްކޮށްފައިވާ ކަމަށާއި، މައްސަލައިގައި ދެމީހުންނަށްވެސް އަނިޔާވެފައިވާ ކަމަށެވެ. އަނިޔާވެފައިވަނީ 37 އަހަރުގެ ދިވެހި ފިރިހެނަކަށާއި 40 އަހަރުގެ ދިވެހި ފިރިހެނަކަށް ކަމަށް ފުލުހުން ބުނެފައިވެއެވެ.

މި މާރާމާރީގައި އަނިޔާވި ދެ މީހުން އިތުރު ފަރުވާއަށް ރޭގެ ވަގުތެއްގައި ވިލިނގިލީގައި ހުންނަ, ގއ. އަތޮޅު ހޮސްޕިޓަލަށް ފޮނުވާލާފައިވާއިރު އެތަނުން އެކަކުގެ ކޮނޑު ކަށިގަނޑާއި އަތްވަނީ ޒަޚަމްވެފައެވެ. އޭނާ މިހާރު ވަނީ އިތުރު ފަރުވާއަށް މާލެއަށް ފޮނުވާފައެވެ.

އަދި ދެވަނަ މީހާގެ ބޮލުގެ ބައެއް ވަރަށް ބޮޑަށް ކަފައިގެން ގޮސް، އޭނާގެ ބޮލުގެ ނާށިގަނޑު ވެސް ހުރީ ބޭރަށް ފެންނަން ކަމަށް މައުލޫމާތު ލިބެއެވެ.