English Edition
Dhivehi Edition

ރައީސް މުހައްމަދު ނަޝީދު އަވަހާރަ ކޮށްލަން ދިން ބޮމުގެ ހަމަލާގައި ޒަޚަމްވި އެމަނިކުފާނުގެ ބޮޑީގާޑު އިލްހާމް އާދަމްގެ ކަނދުރާގެ އޮޕަރޭޝަނެއް ކުރަން ނިންމައިފި އެވެ.

ހުސްވި މެއި މަހުގެ ހަ ވަނަ ދުވަހު ރައީސް ނަޝީދުގެ ދިރިއުޅުއްވާ ގެކޮޅު، ގ. ކެނެރީގެ އިން ނުކުމެވަޑައިގެން މަޖީދީ މަގުގެ ކަންމަތީގައި އޮތް ކާރު ކޮޅަށް އަރާވަޑައި ގަންނަވަނިކޮށް، ކައިރީގައި ބަހައްޓާފައި ހުރި ސައިކަލެއް ގޮއްވާލައިގެން ދިން ބޮމުގެ ހަމަލާގައި ލިބުނު ޒަޚަމްތަކާ އެކު އެމަނިކުފާނު ބިންމައްޗަށް ވެއްޓިފައި އޮންނަވަނިކޮށް، ނަގައި ކާރަށް އެރުވީ އިލްހާމެވެ. މި ހަމަލާގައި ނަޝީދުގެ އިތުރުން ހަތަރު މީހަކު ޒަހަމްވި އެވެ. އޭގެ ތެރޭގައި އެ މަނިކުފާނުގެ ދެ ބޮޑީގާޑަކާއި އާއްމުންގެ ތެރެއިން ދެ މީހަކު ޒަހަމްވި އެވެ.

އެއީ ހަމަލާގެ ވަގުތު ނަޝީދު ކަވަރުކުރި ބޮޑީގާޑެވެ. އެ ބޮޑީގާޑުގެ ކަނާތާއި، ފަޔަށް ވެސް ހަމަ އެގޮތަށް ބުރައިގެން ދިޔަ އެއްޗެހި ހެރިގެން އަނިޔާވެފައި ހުއްޓެވެ. ފައިތިލައިގައި ވެސް އެކި ނިޝާންްތައް ހަމަލާ ދިން ރޭ ފެންނަން ހުއްޓެވެ.

މި މައްސަލައާއި ގުޅިގެން، ރައީސް ނަޝީދަށް ދެމުން ގެންދާ ސަލާމަތާއި ރައްކާތެރިކަން ފޫދިޔަ ގޮތް ހޯދުމަށް ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީން (241 ކޮމިޓީ) އިން ކުރިއަށް ގެންދާ އިންކުއަރީއަށްވެސް އިލްހާމް ހާޒިރުކޮށް ސުވާލު ކޮށްފައި ވެއެވެ.