ދެކުނުގެ ރަށެށްގެ ކުޑަ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައަކާއި ގުޅިގެން ބިދޭސީއަކު ހައްޔަރުކޮށްފިއެވެ.
މިއަދު ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، މި މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން މީހަކު މިދިޔަ ހުކުރު ދުވަހު ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި 24 ގަޑިއިރަށް އޭނާ ބަންދުގައި ބެހެއްޓުމުގެ އަމުރެއް އިއްޔެ ކޯޓުން ނެރެފައިވާކަމަށެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ އުމުރުން 33 އަހަރުގެ ބަންގްލަދޭޝް ފިރިހެނެކެވެ.
އޭއޯ ނިއުސް އަށް މައުލޫމާތު ލިބިފައިވާ ގޮތުން މިދިޔަ ހަފްތާގެ ބުރާސްފަތި ދުވަހުގެ ވަގުތެއްގައި ހިނގި މި ހާދިސާގައި ބިދޭސީއަކު ޖިންސީ ގޯނާކޮށްފައިވަނީ އުމުރުން 8 އަހަރުގެ ކުޑަކުއްޖަކަށެވެ. އަދި ބިދޭސީ މީހާ ކުއްޖާއަށް ގޯނާކޮށްފައިވަނީ، އެ ކުއްޖާ ދިރިއުޅޭ ގެއަށް ގޮސްކަމަށް މައުލޫމާތު ލިބެއެވެ.