English Edition
Dhivehi Edition

ޔޫއެފާ ޗެމްޕިއަންސް ލީގުގައި ރޭ ޕްރިމިއަ ލީގުގެ މިހާރުގެ ގަދަ ބާރު މެންޗެސްޓާ ސިޓީ ޝަހްތަރު ޑޮނެޓްސް އާއި ބައްދަލުކޮށް 0-2 ލަނޑުން މޮޅުވިއިރު, ޗެމްޕިއަންސް ލީގުގައި ރަޝިއާގެ ސްޕާޓަކް މޮސްކޯ އާއި ދެކޮޅަށް ރަށުން ބޭރުގައި ލިވަޕޫލް ކުޅުނު މެޗު 1-1 ލަނޑުން އެއްވަރުވެއްޖެއެވެ.

ގްރޫޕް އެފްގައި ރޭ މެންޗެސްޓާ ސިޓީ ޝަހްތަރު ޑޮނެޓްސް އާއި ދެކޮޅަށް ސިޓީގެ ދަނޑުގައި ކުޅުނު މެޗުގައި މެންޗެސްޓާ ސިޓީގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެން ގޮސްފައިވާއިރު، މިމެޗުގައި އެ ޓީމުން ޖެހި ދެ ލަނޑު ކާމިޔާބުކޮށްދީފައިވަނީ ކެވިން ޑެ ބްރައިނާ އާއި ރަހީމް ސްޓާލިންއެވެ.

ރޭގެ މެޗުން މޮޅުވުމާއިއެކު ސިޓީއިން ވަނީ ކުޅުނު ދެ މެޗުން މޮޅުވެ ގްރޫޕު އެފްގެ އެއްވަނަ މަގާމަށް ޖެހިލާފައެވެ.އަދި ރޭގެ މެޗުން ބަލިވި ނަމަވެސް ޝަހްތަރު ޑޮނެޓްސް އޮތީ ތިން ޕޮއިންޓާއެކު ގުރޫޕްގެ ދެވަނައިގައެވެ.އަދި ތިންވަނައިގައި ހަމަ އެ އަދަދަށް ޕޮއިންޓް ލިބިގެން އޮތީ ނަޕޯލީއެވެ.

ޗެމްޕިއަންސް ލީގު ގްރޫޕު އީގައި ރޭ ސްޕާޓަކް މޮސްކޯ އާއި ލިވަޕޫލް ބައްދަލު ކުރި މެޗު 1-1 ލަނޑުން އެއްވަރު ވެފައިވާއިރު ލިވަޕޫލް ވަނީ ޗެމްޕިއަންސް ލީގުގެ ގުރޫޕް ސްޓޭޖްގެ ކުޅުނު ފުރަތަ މެޗުން ވެސް އެއްވަރުވެފައެވެ.

ޗެމްޕިއަންސް ލީގުގައި ރޭ ކުޅުނު ފޯރިގަދަ މެޗުތަކުގެ ތެރެއިން ގުރޫޕް އީގައި ރޭ ލިވަޕޫލްއާއި ސްޕާޓަކް ބައްދަލު ކުރި މެޗުގެ ފުރަތަމަ ލަނޑު ޖަހައި ލީޑު ނެގީ ސްޕާޓަކް އިންނެވެ. ސްޕާޜަކް އިން ލީޑު ނެގިނަމަވެސް ފުރަތަމަ ހާފު ނިމުމުގެ ކުރިން ލިވަޕޫލުގެ ފިލިޕް ކުޓީނިއޯ ވަނީ ލަނޑެއްޖަހައި މެޗު ނަތީޖާ ހަމަހަމަކޮށް ލިވަޕޫލަށް ޕޮއިންޓެއް ހޯދައިދީފައެވެ.