English Edition
Dhivehi Edition
ފޮޓޯ: ބީއެމްއެލް

ބޭންކް އޮފް މޯލްޑިވްސް އިން (ބީއެމްއެލް)ގެ މާސްޓަރކާޑު ބޭނުންކުރާ ކަސްޓަމަރުންނަށް ހުޅުވާލި ޗެމްޕިއަންސް ލީގު ބަލާލަން ދެވޭ، ޚާއްސަ ޕްރޮމޯޝަންގެ އިނާމު ލިބޭ ފަރާތް ހޮވައިފިއެވެ.

އިނާމު ލިބުނު ފަރާތަކީ މުޙައްމަދު މުހުދިން (ހުސްނޫވިލާ، މަރަދޫ އައްޑޫ ސިޓީ) އެވެ. މި ޕްރޮމޯޝަންގައި ހިމެނޭ އެންމެ މުހިންމު އެއްބައިކަމުގައިވާ ފައިނަލް މެޗުގެ ޕްލޭޔަރ މެސްކޮޓްގެ ދަށުން ދަނޑަށް އެރުމުގެ ފުރުސަތު ލިބިގެން ދަނީ މުހުދިންގެ ކޮއްކޮ، އިބްރާހިމް ޒާއިން ޒިޔާދު އެވެ.

ބީއެމްއެލް އިން ބުނީ މި ޕްރޮމޯޝަނުގެ ދަށުން ލިބޭ އިނާމުގެ ގޮތުގައި މުހުދިން އާއި ޒާއިން އަށް ހުރިހާ ޚަރަދަކާއެކު ލަންޑަންގައި ހަތަރު ދުވަހަށް ހުރުމުގެ ފުރުސަތު ލިބޭނެ ކަމަށެވެ. މިގޮތުން ލަންޑަން ދެކޮޅު ޓިކެޓް، އެކޮމޮޑޭޝަން، ޔޫއެފާ ޗެމްޕިއަންސް ލީގް ފައިނަލް މެޗުގެ ދެކޮޅު ޓިކެޓް، ޕޮކެޓް މަނީ އަދި ވެލްކަމް ގިފްޓެއް ދިނުމަށްވަނީ ހަމަޖެހިފައިވާކަމަށް ބީއެމްއެލް އިން ވަނީ ބުނެފައެވެ.

މި ޕްރޮމޯޝަންގައި މާސްޓާކާޑު ޑެބިޓް، ކްރެޑިޓް އަދި ޕްރިޕެއިޑް ކާޑު ބޭނުންކޮށްގެން ރާއްޖެ އާއި ރާއްޖޭން ބޭރުގައި ކުރާ ހުރިހާ މުއާމަލާތްތަކެއް ހިމެނުނެވެ.

މާސްޓަކާޑަކީ ޔޫއެފްއާ ޗެންޕިއަންސް ލީގުގެ އޮފިޝަލް ސްޕޮންސަރެވެ. ބީއެމްއެއް އަކީ ރާއްޖޭގައި މާސްޓަރކާޑުގެ ޕްރިންސިޕަލް މެންބަރެކެވެ. ބީއެމްއެލްއިން އަންނަނީ ރާއްޖޭގައި މާސްޓަރކާޑު ޑެބިޓް، ކްރެޑިޓް އަދި ޕްރީޕެއިޑް ކާޑު ދޫކުރަމުންނެވެ.