ގދ. އަތޮޅުން މިހާތަނަށް 819 މީހަކު ކޮވިޑް-19އަށް ފައްސިވެ 461 މީހަކު ބަލިން ރަނގަޅުވެއްޖެއެވެ.
ޑރ. އަބްދުއް ސަމަދު މެމޯރިއަލް ހޮސްޕިޓަލުން ހާމަކޮށްފައިވާ ގޮތުގައި ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި 42 މީހަކު ބައްޔަށް ފައްސިވެ 13 މީހަކު ބަލިން ރަނގަޅުވެފައިވާ ކަމަށެވެ. އެގޮތުން މިހާތަނަށް ޖުމްލަ 819 މީހުން ފައްސިވެފައިވާ ކަމަށާއި، 461 މީހަކު ބަލިން ރަނގަޅުވެފައިވާ ކަމަށެވެ.
ބައްޔަށް ފަރުވާ ހޯދަމުންދާ 264 މީހުން ތިނަދޫގައި، 51 މީހަކު ގައްދޫގައި، 22 މީހަކު ފަރެސްމާތޮޑާގައި އެއް މީހަކު ފިޔޯރީގައި އަދި އެއް މީހަކު ނަޑެއްލާގައި މިވަގުތު ތިބިކަމަށް އެ ހޮސްޕިޓަލުން ވަނީ ހާމަކޮށްފައެވެ. އެ އަތޮޅުން ބައްޔަށް ފަރުވާ ހޯދަމުންދާ 358 މީހުންގެ ތެރެއިން 05 މީހުންނަށް ފަރުވާދެމުން ދަނީ ގދ. އަތޮޅު ކޮވިޑް ފެސިލިޓީގައި އެޑްމިޓްކޮށްގެނެވެ.