English Edition
Dhivehi Edition

ގދ. އަތޮޅުގައި ކޮވިޑް-19 ފައްސިވި މީހުންގެ އަދަދު ދަށްވެއްޖެއެވެ. އެ އަތޮޅުން މިއަދު ފައްސިވެފައި ވަނީ 18 މީހުންނެވެ.

ޑރ. އަބްދުއް ސަމަދު މެމޯރިއަލް ހޮސްޕިޓަލުގެ ތަފާސް ހިސާބުތަކަށް ބަލާއިރު ވޭތުވެދިޔަ 24 ގަޑިއިރު މިބައްޔަށް ފައްސި ވެފައިވާ މީހުންގެ ތެރޭގައި ތިނަދޫ އިން 17 މީހުންނާއި ގައްދޫން އެކަކު ހިމެނެއެވެ.

މިއާއެކު މި މީހުންނާއެކު މިވަގުތު ތިނަދޫގައި 264 މީހުން، ގައްދޫގައި 51 މީހުން، ފަރެސްމާތޮޑާގައި 22 މީހުން އަދި ފިޔޯރީ އާއި ނަޑެއްލާގައި އެކަކު ބައްޔަށް ފަރުވާ ހޯދަމުންދެއެވެ. މީގެތެރެއިން ގދ. އަތޮޅު ކޮވިޑް ފެސިލިޓީގައި 06 މީހަކު އެޑްމިޓްކޮށްގެން ބައްޔަށް ފަރުވާ ހޯދަމުންދެއެވެ.

މިފަހުން ގދ. އަތޮޅުގައި 777 މީހުން ބައްޔަށް ފައްސިވެ އޭގެތެރެއިން 438 މީހުން ވަނީ ބަލިން ފަސޭހަވެފައެވެ. ކޯވިޑް ބަލީގަ މިހާތަނަށް ގދ. އަތޮޅުން 02 މީހަކުވަނީ ނިޔާވެފައެވެ.