English Edition
Dhivehi Edition

ޔުއެފާ ޗެމްޕިއަންސް ލީގުގެ ގުރޫޕް އެޗްގައި ޓޮޓެންޙަމްގެ ތަރި ހެރީކޭން ހެޓްރިކް ހެދި އިރު ރޮނާލްޑޯގެ ދެ ލަނޑުން ރިއަލްމެޑްރިޑް މޮޅު ވެއްޖެއެވެ.

ގްރޫޕް އެޗްގައި ރޭ ޓޮޓެންހަމް އާއި ސައިޕްރަސްގެ އަޕޮއެލްއާ ބައްދަލުކޮށް އިނގިރޭސި ޕްރިމިއަ ލީގުގައި ރަނގަޅު ކުޅުމެއް ދައްކަމުން ގެންދާ ޓޮޓެންޙަމް 3-0 ލަނޑުން މޮޅުވެފައިވާއިރު އެންމެ ފަހުގެ ޗެމްޕިއަން ރިއަލްމެޑްރިޑް އިން ޖަރުމަންގެ ބޮރޯޝިޔާ ޑޯޓްމަންޑް 3-1 ބަލިކޮށްފިއެވެ.

ޓޮޓެންހަމްގެ ދަނޑުގައި ކުޅުނު މިމެޗުން ޓޮޓެންޙަމްގެ ފޯވާޑް ކޭންގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެން ގޮސްފައިވާއިރު ރޭ ގެ މެޗުގައި ޓޮޓެންހަމް އިން ޖެހި ތިން ލަނޑުވެސް ޖަހާދީފައިވަނީ ކޭންއެވެ.

މިގޮތުން ފުރަތަމަ ހާފްގެ 39 ވަނަ މިނެޓްގައި ޓޮޓެންހަމްގެ ފުރަތަމަ ލަނޑު ކޭން ޖަހާފައިވާއިރު އޭނާ ވަނީ 62 ވަނަ މިނެޓްގައި ދެވަނަ ލަނޑު ޖަހައި ޓޮޓެންހަމްގެ ލީޑު ފުޅާކޮށްދީފައެވެ.އަދި އޭގެ ފަސް މިނެޓްފަހުން ތިންވަނަ ގޯލު ކާމިޔާބުކޮށް ކޭން ވަނީ އޭނާގެ ހެޓްރިކް ފުރިހަމަކޮށްފައެވެ.

,

ޗެމްޕިއަންސް ލީގުގެ ‘ގްރޫޕް އެޗް’ގައި ކުޅުނު ދެވަނަ މެޗުން ރޭ އެންމެ ފަހުގެ ޗެމްޕިއަން ރިއަލްމެޑްރިޑް ވަނީ ޑޯޓްމަންޑް 3-1 ލަނޑުން ބަލިކޮށްފައެވެ.

ރޭގެ މެޗުގެ ފުރަތަމަ ލަނޑު ފުރަތަމަ ހާފްގެ 18 ވަނަ މިނެޓުގައި ޑެނީ ކާވަހާލް ނަގައިދިން ހުރަހަކުން ގެރެތު ބޭލް ރިއަލްގެ ފުރަތަމަ ލަނޑު ކާމިޔާބުކޮށްދިން އިރު މެޗުގެ ދެވަނަ ހާފު ފެށިތާ ހަތަރު މިނެޓް ފަހުން ރެއާލުން ވަނީ ރޮނާލްޑޯގެ ލަނޑުން މެޗުގެ ލީޑު ފުޅާކޮށްފައެވެ.

ރޮނާލްޑޯގެ ލަނޑުން ރިއާލް ދެ ލަނޑުގެ ލީޑެއް ނެގިނަމަވެސް އެމެރިކް އޯބަޔަމާން ވަނީ ޑޯޓްމަންޑްއަށް މެޗުގެ ފުރަތަމަ ލަނޑު ކާމިޔާބު ކޮށްދީ މެޗުގެ ނަތީޖާ 2-1 ލަނޑަށް ބަދަލުކޮށްފައެވެ.އެހެން ނަމަވެސް ރެއާލުން ވަނީ ރޭގެ މެޗުގައި މޮޅު ކުޅުމެއް ދެއްކި ރޮނާލްޑޯ ކާމިޔާބު ކުރި ދެވަނަ ލަނޑާއި އެކު މެޗުގެ ނަތީޖާ 3-1 ލަނޑައަށް ފުޅާކޮށްފައެވެ.

ރޭގެ މިމޮޅާއެކު ރެއާލުން ގްރޫޕް އެޗްގެ އެއްވަނައިގައި ހަ ޕޮއިންޓާއެކު ހޯދާފައިވާއިރު ދެވަނައިގައި އޮތް ޓޮޓެންހަމްއިން ވެސް މި އަދަދަށް ޕޮއިންޓް ހޯދާފައެވެ.އެހެން ނަމަވެސް ރިއާލްއަށް ގުރޫޕްގެ އެއްވަނަ ލިބެނީ ގޯލުގެ ތަފާތުންނެވެ. މި ގްރޫޕްގައި ދެން ހިމެނޭ ޑޯޓްމަންޑް އަދި އަޕޮއެލްއަށް ޕޮއިންޓެއް ލިބިފައެއް ނުވެއެވެ.