English Edition
Dhivehi Edition

ގދ.ހޯޑެއްދޫ ބަދަރު ތަރައްޤީކުރުމަށް ނެރު ފުންކުރުމުގެ މަސައްކަތް ފަށައިފިއެވެ.

ހޯޑެއްދޫ ރަށުކައުންސިލުން ވިދާޅުވީ ރަށުގައި އާ ބަދަރެއް ޤާއިމުކުރުމުގެ މަޝްރޫއުގެ ދަށުން މިއަދުން ފެށިގެން އެރަށުގައި މިހާރު ބޭނުންކުރަމުންދާ ނެރު ފުންކުރުމުގެ މަސައްކަތް މިއަދުންފެށިގެން ކުރިޔަށް ދާނެކަމަށާއި ދަތުރުކުރާ މީހުން މިކަމަށް ހާއްސަ ސަމާލުކަމެއް ދީގެން ދަތުރުކުރުމަށް ކައުންސިލުން އިލްތިމާސްކުރާ ކަމަށެވެ.

އެރަށު ކައުންސިލުން އިތުރަށް ވިދާޅުވި ގޮތުގައި ނެރު ފުންކުރުމުގެ މަސައްކަތް ކުރުމަށް ނިންމާފައިވަނީ ހެވީ ފޯސް ޕްރައިވެޓް ލިމިޓެޑްގެ އެކްސްކެވޭޓަރ ބޭނުންކޮށްގެންނެވެ.

ހޯނޑެއްދޫ ހިބަރު ލޯންޗް ގެ ކެޕްޓަން ނިހާދު ވަހީދުގެ އެހީތެރިކަމާއިއެކު ބަނދަރުގެ ނެރުގެ ފުޅާމިން ބަނދަރުކޮމެޓީ އާއި ކައުންސިލް ގުޅިގެން ޗެކުކުރުމުގެ މަސައްކަތްވަނީ މި މަހުގެ 18 ވަނަ ދުވަހު ކުރިއަށް ގެންގޮސްފައިވާކަމަށް ހޯޑެއްދޫ ކައުންސިލުން މީޑިޔާއަށް މައުލޫމާތު ދީފައިވެއެވެ.