English Edition
Dhivehi Edition

މިއަހަރުގެ ފިތުރު ޢީދު ގދ. ހޯޑެއްދޫގައި ކުލަގަދަކޮށް އީދު ފާހަގަ ކުރަން ނިންމައިފިއެވެ.

އެރަށު ކައުންސިލާއި މުވައްސަސާތަކާއި ޖަމްއިއްޔާ ޖަމާއަތްތައް ގުޅިގެން ވަރަށް ގިނަ ހަރަކާތްތައް ބޭއްވުމަށް ވަނީ ނިންމާފައެވެ.

އެގޮތުން އީދު މަޅި، ބިސްކޯދު ރޭސް، ބިސްރޭސް، ގޯނި ރޭސް، ތިނޯސް ރޭސް، ތިންފައި ރޭސް، ފައިގަ ތަޅާ، ކޮރާބާބަލާ ހިމެނެއެވެ. އަދި ހުނިގޭނުން، ވާދެމުން (އަންހެން / ފިރިހެން)، ފިންސް ރޭސް އަދި ފެން ރޭސްގެ އިތުރުން ތްރީ އޮން ތްރީ ފުޓްސަލް މުބާރާތެއް ވެސް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

މީގެ އިތުރުން އީދު ވިލޭރޭ އީދު މަޅި ޖެހުމާއި، އީދު ދުވަހުގެ ހެނދުނު އީދު ނަމާދު ކުރުމުގެ އިތުރުން ހޯނޑެއްދޫ ރައްޔިތުންނަށް ޚާއްޞަކޮށްގެން ދެވޭ އީދު ސައެއް އީދު ނަމާދަށްފަހު ބޭއްވުމަށް ވަނީ ނިންމާފައެވެ.