ގދ.ހޯނޑެއްދޫ ދަނޑުވެރިކަން ކުރުމަށް ދޫކޮށްފައިވާ ބިންތަކަށް ކަރަންޓު ލުމަށް ބޭނުންވާ ފަރާތްތަކުން އެ ކަމަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
ގދ.ހޯނޑެއްދޫ ކައުންސިލް އިދާރާއިން ބުނީ ދަނޑުވެރިކަން ކުރުމަށް ދޫކޮށްފައިވާ ބިންތަކަށް ކަރަންޓު ލުމަށް ބޭނުންވާ ފަރާތްތަކުގެ މައުލޫމާތު ހޯދުމަށް ކައުންސިލުން ބޭނުންވާކަމަށެވެ.
މިގޮތުން ކަރަންޓުގެ ހިދުމަތް ހޯދުމަށް ބެނުންވާ ފަރާތްތަކުން 03 މާރޗް 2024 ވާ އާދީއްތަ ދުވަހުގެ 14:00 ގެ ކުރިން ނަން ނޯޓުކުރުމަށް އެ ކައުންސިލުން ވަނީ އެދިފައެވެ. މީގެ އިތުރުން ހޯނޑެއްދޫ ކައުންސިލުން ބުނީ ނަންނޯޓު ކުރުން އެކައުންސިލްގެ ކައުންޓަރުން 18 ފެބްރުއަރީ 2024 ވާ އާދީއްތަ ދުވަހުން ފެށިގެން ބަންދު ނޫން ކޮންމެދުވަހެއްގެ 8:30 އިން 12:00 އާއި ދެމެދު ކުރިޔަށްދާނެ ކަމަށެވެ.
ހޯނޑެއްދޫއިންއިން ދަނޑުވެރިކަން ކުރުމަށް ބިން ދޫކުރުމުގެ މަސައްކަތް މިދިޔަ އަހަރުން ފެށިގެން ކުރަމުން އަންނައިރު އެ ރަށުގައި ދަނޑުވެރިކަން ކުރުމަށް ބިން ދޫކުރުމުގެ އުޞޫލެއްވަނީ އެކުލަވާލާފައެވެ. އަދި މި އުސޫލުގެ ދަށުން ދަނޑުވެރިކަން ކުރުމަށް ދޫކުރެވޭ ބިމުގައި ބަނބުކެޔޮ، ޖަނބުރޯލު، ކަނަމަދު، ދުނބުރި ފަދަ ގަސްތަކާއި ރުއް އިންދުން ވަނީ މަނާކޮށްފައެވެ.