English Edition
Dhivehi Edition
ފަހަން ދަސްކޮށްދޭ ޕްރޮގްރާމްގެ ބައިވެރިން/ފޮޓޯ ހޯނޑެއްދޫ ކައުންސިލް

ގދ. ހޯނޑެއްދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީން އިސްނަގައިގެން އެރަށުގެ އަންހެން ކަނބަލުންނަށް ހާއްސަކޮށްގެން ބޭސިކް ފަހަން ދަސްކޮށްދޭ ޕްރޮގްރާމެއް ފަށައިފިއެވެ.

ހޯނޑެއްދޫ ކައުންސިލްގެ އެހީތެރިކަމާއެކު ކުރިޔަށްގެންދާ މިޕްރޮގްރާމުގެ މަގްސަދަކީ، ގޭގައި ތިބެ އަމިއްލަ ހެދުމަށް ގެންނަންޖެހޭ ކުދިކުދި ބަދަލުތައް ގެނެސް އަމިއްލައަށް މިފަދަ ކަންކަން ކުރެވޭ ފެންވަރަށް ފެހުމުގެ މަސައްކަތް ކުރަން ދަސްކޮށް ދިނުން ކަމަށް، ހޯނޑެއްދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ ރައީސާ ދީނިޔާ ވަހީދު ވިދާޅުވިއެވެ.

މި ފެބްރުއަރީ މަހުގެ 21 ވަނަ ދުވަހުން ފެށިގެން 15 ދުވަހުގެ މުއްދަތަށް ހޯނޑެއްދޫގައި ކުރިޔަށްގެންދާ މި ޕްރޮގްރާމުގައި ޖުމްލަ 16 ފަރާތަކުން ވަނީ ބައިވެރިވެފައެވެ.

މި ކޯހުގައި ކިޔަވައި ދެއްވަނީ ފެހުމުގެ ތަޖުރިބާއާއި ހުނަރު ލިބިވަޑައިގެން ހުންނެވި ހޯނޑެއްދޫގެ ކަނބަލެއް ކަމަށްވާ ސަފޫރާ އަބްދުލް އަޒީޒް އެވެ.